ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލަން އަންގައިފި

މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮޮވިޑް-19) ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން ދާތީ އެކަން ހުއްޓުވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދުގެ މަޣުރިބް ނަމާދުން ފެށިގެން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދާއި، ތަރާވީހް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ، އެގޮތަށް އަމަލު ކުރުމަށް އަންގާ ކަމަށެވެ.

އަދި މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” މިގޮތަށް ދެ ފަހަރު ގޮވުމަށް ވެސް އިމާމުންނަށް ވަނީ އަންގާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top