ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބ. ފުޅަދޫ ކަރަންޓީންގެ ހާލަތަށް!

ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާތީ ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ބ.ފުޅަދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތަކަށް އަންގަންދެން ރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަނެތި އެއްވެސްމީހަކު ރަށަން އެރުން މަނާކޮށް ރަށް ކަރަންޓީނުކޮށްފިއެވެ.

20 އޭޕްރީލް 2020 ވަނަ ދުވަހުގެ 19.48 ން ފެށިގެން ފުޅަދޫ ކަރަންޓީނުކޮށްފައިވާއިރު ރަށުގެ ރައްޔިތުން ގޭގައި މަޑުކުރުމަށް އެރަށުގައި ހަރަކާތްތެރިވާ ޓާސްކްފޯސްއިން އިލްތިމާސްކޮށްފައިވާ ކަމަށް ފުޅަދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ވިދާޅުވިއެވެ. އަދި ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ޓާސްކޮފޯސް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top