މި ފެށޭ ހަފުތާގައި ޒަރޫރީ ބޭންކިންގެ ޚިދުމަތްތައް ދޭން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފިއެވެ.

އެމް.އެމް.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފުތާގައި ޒަރޫރީ ބޭންކިންގެ ޚިދުމަތްތައް ދިނުމަށް އެމް. އެމް.އޭ އަދި ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 27 އަދި 29 އޭޕްރީލް 2020 މި ދެ ދުވަހުގައި ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނާގޮތުން އެމް.އެމް.އޭ ހުޅުވިފައި ހުންނާނީ ހެނދުނު 9.30 އިން މެންދުރު 12.00 އަށެވެ. ނަމަވެސް މި އިދާރާއިން މި ދުވަސް ވަރުގައި އާންމުންނަށް ޚިދުމަތެއް ނުދޭނެއެވެ. އަދި ބޭންކުތައް ހުޅުވާ ގަޑިތަކާއި، ދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ފޯރުކޮށްދޭ ގޮތުގެ ތަފްސީލު ބޭންކުތަކުން އިޢުލާނު ކުރާނެ ވާހަކަ މި ބަޔާނުގައި ބުނެފައިވެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދިވެހިރާއްޖޭގައި ވެސް ފެތުރެމުންދާތީ މާލެ ވަނީ ފުރަބަންދުކޮށްފައެވެ. އަދި ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.