މާލެއިން އިތުރު 9 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު މެންދުރުފަހު ހާމަކުރައްވައިފިއެވެ.
މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަންގްލަދޭޝް 5 މީހުންނެވެ. މިއާއިއެކު މާލެއިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދުވަނީ 75 އަށް އަރާފައެވެ. އަދި މުޅިރާއްޖެއިން މިހާތަނަށް މިބައްޔަށް ފައްސިވެފައިވާ މީހުންގެ ޢަދަދު މިވަނީ 95އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހީންގެ 45 މީހުންނާއި، ބިދޭސީންގެ 50 މީހުންނެވެ.
އެންމެފަހުން ފައްސިވި 9 މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް މިހާރުވަނީ ބަދަލުކޮށްފައެވެ. މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.
ފައްސިވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައި އުޅޭމީހުންވެސް ފެނިފައިވާތީ އެމީހުންނާއި ދިމާވި އިތުރުބަޔަކު ވާނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެކަން ރިޕޯޓްކުރުމަށް އެފަރާތުންވަނީ އާންގަވާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!