ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 – ރާއްޖެއިން އިތުރު 14 މީހަކު ފައްސިވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 14 މީހަކު ފައްސިވެއްޖެއެވެ. މި އަދަދާއެކު މިއަދު މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 23އަށް އަރާފައެވެ.

ފައްސިވި14 މީހުންނަކީވެސް ބިދޭސީންނެވެ. މިއީ ބިދޭސީން ދިރިއުޅޭ ތަންތަނުން ކަރަންޓީނަށް ގެންގޮސް ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވާ މީހުންކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

މިއަދު މެންދުރު ފަހުވެސް ރާއްޖެއިން ވަނީ 09 މީހުން މިބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަންގްލަދޭޝް 5 މީހުންނެވެ. މިއާއިއެކު މާލެއިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދުވަނީ 88 އަށް އަރާފައެވެ. އަދި މުޅިރާއްޖެއިން މިހާތަނަށް މިބައްޔަށް ފައްސިވެފައިވާ މީހުންގެ ޢަދަދު މިވަނީ 108 އަށް އަރާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top