ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނެކްސްޓް ޓީވީގެ “ބުނެލަދީ” ގެ ޓްރެއިލާ ނެރެފި

އައްޑޫ ސިޓީގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާ ޑްރާމާ ސީރީޒް “ބުނެލަދީ”ގެ ޓްރެއިލާ ނެރެފިއެވެ. މިއީ ހަމަ އެކަނި ‘ނެކްސްޓް ޓީވީ’ން ދައްކާނެ ޑްރާމާ ސީރީޒެކެވެ.

ޖުމްލަ ފަސް އެޕިސޯޑް ހިމެނޭ ޑްރާމާ ސީރީޒް “ބުނެލަދީ”ގެ ހުރިހާމަންޒަރެއް ނަގަނީ އައްޑޫ ސިޓީގައެވެ. މި ޑްރާމާގެ ކާސްޓަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ތަރިން ހިމެނޭ ކާސްޓެކެވެ.

މި ޑްރާމާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ފިލްމީ ތަރި އަމަން ބުނީ މިއީ ހަގީގީ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ ލިޔުއްވާފައިވާ ވާހަކައަކަށް ހާދާ ޑްރާމާއެއް ކަމަށެވެ. މުޅިން އާ ކާސްޓުންތަކެއް ގޮވައިގެން މިފަދަ މަސައްކަތެއް ކުރުމަކީ ޗެލެންޖެއް ކަމަށާއި ނަމަވެސް ކާސްޓުންގެ ފަރާތުން ފެނިގެންދިޔަ އެކްޓިންއަކީ އުއްމީދުނުކުރާ ވަރުގެ މޮޅު އެއްޓިންގް އެއް ކަމަށްވެސް އަމަން ބުންޏެވެ.

“ބުނެލަދީ”ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝަހްޒާ ލީޑްރޯލުން ފެނިގެންދާއިރު ފިލްމީ ތަރި އަމަން އަދި ޓިކްޓޮކް ތަރި ހަސޭގެ އިތުރުން ޖިމީ އަދި އައިންތު އާއި ނުސްރާގެ އިތުރުން އަމީލް ފެނިގެންދާނެއެވެ.

ގްރީން އާޓްސްގެ ފަރާތުން ހަދާ މިޑްރާމާ ނެކްސްޓް ޓީވީން ދައްކަން ހަމަޖެހިފައި ވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެރޭ 09:30 ގައެވެ.

“މި ޑްރާމާ ސީރީޒްގެ މަސައްކަތަށް އައްޑޫ ސިޓީން ލިބެމުންދާ އެއްބާރުލުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ޝުކުރުދައްނަވަން.” އަމަން ބުންޏެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/TelevisionNext/videos/2927799957540308″ poster=”http://www.muniavas.com/wp-content/uploads/2021/03/IMG-8e8d8850aee0e5202ba81bcd040997f3-V.jpg”]

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top