ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަލިކުދަތުރު” ދިއުމަށް ބައިސްކޯފަށް ވަދެލަމާ!

ދިވެހިންގެ ދިދަ ފިޔަވައި ދެން ހުރި ހުރިހައި ކަމެއްވެސް އެބައިމީހުންނާއި ދިވެހީންނާއި އެއްގޮތެވެ. އެއީވެސް މުސްލިމުންނެވެ. ކިޔަނީ މުސްލިމު ނަންނަމެވެ. ވާހަކަ ދައްކަނީވެސް ދިވެހި ބަހުންނެވެ. ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބެލިޔަސް މާބޮޑު ތަފާތެއް ނެތެވެ.

މި ދައްކަނީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެ ރަށަކަށް ދިއުމަށް ބޭނުންވާ މަލިކުގެ ވާހަކައެކެވެ. މަލިކަށް ދިއުމަކީ އިރެއްގައި ދަތި އުނދަގޫ ކަމެއް ނަމަވެސް، މިހާރު އެއީ ފަސޭހަ ކަމެކެވެ. އަވަށްޓެރި އިންޑިޔާގެ ތަނެއްގެ ގޮތުގައި އޮންނަ މަލިކަށް ދިއުމަށްޓަކައި އިންޑިޔާގެ ކޮޗިންއަށް ދާންވީއެވެ. އެތަނުން ބައްދަލުކުރާނީ މަލިކަށް މީހުން ގެންދިއުމަށް އެންމެ މަޝްހޫރު، އެންމެ ހިތް ހެޔޮ، މަލިކު މުޙައްމަދެވެ. ދިވެހިން ދަންނަ މަލިކު މުޙައްމަދެވެ.

މަލިކަށް ދަތުރުކުރުމަށް މިހާރު އަދި މާފަސޭހަ ގޮތެއް އެބައޮތެވެ. ދިވެހި ވީޑިއޯ ސްޓްރީމިން އެޕް، ބައިސްކޯފަށް ވަދެ، މަލިކު ދަތުރަށް އަރަންވީއެވެ. “މަލިކުދަތުރު”ގެ ނަމުގައި ބައިސްކޯފުން ގެނެސްދޭން ފަށާފަައިވާ ސީރީޒްގައި މިހާރު ދެ އެޕިސޯޑް ހިމަނާފައިވެއެވެ. މަލިކަށް ފެށި ދަތުރުގައި މަލިކު މަގަތު ފާލަމާ ހަމައަށް މިހާރު ބޯޓް ކައިރިކޮށްފިއެވެ.

https://www.facebook.com/1750964688277651/posts/3861268497247249/?vh=e&d=n

މަލިކަށް ކުރާ މި ދަތުރުގައި ބައިވެރިވެ، މަލިކުގެ ހިތްގައިމުކަމާއި ދިވެހިންނާއި އަވަށްޓެރި މަލިކު މީހުންގެ ވާހަކަތަކާއި ދިރިއުޅުން ބަލައިލަން “މަލިކުދަތުރު” ދިއުމަށް ބައިސްކޯފަށް ވަދެލުން ކިހިނެއްވާނެ ހެއްޔެވެ؟ މި ދަތުރުގެ ވެސް ޓުވާރ ގައިޑަކީ މަލިކު މުޙައްމަދު އެވެ.

“މަލިކުދަތުރު”ގެ ޖުމުލަ 20 އެޕިސޯޑް ސްޓްރީމްކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top