ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަރަމްސް ފުޑް އެޑްވެންޗަރ” އިން ކުޅުދިޔާކޮށްލައިފި!

ތަފާތު ބާވަތްތަކުގެ ކާބޯތަކެތީގެ ރަހަ ބަލައި، އަޖުމަ ބަލައިލާލަން ބޭނުން ހެއްޔެވެ؟ ވަކިން ޚާއްޞަކޮށް ތަލޭންޑްގެ ‘ތައި ރަހަ’ތައް ތަޖުރިބާކޮށްލަން ބޭނުން ހެއްޔެވެ؟ މި ރަމަޟާން މަހު، ގޭގައި ތިބެން ޖެހިފައިވާއިރު، ބައިސްކޯފުން އަހަރެމެން އެންމެން ގޭގައި މަތަކުރުމަށް ލައްކަ މަސައްކަތް ވެސް އެބަކުރެއެވެ. ނޫނޭ ނޫނޭ…! މުޅިއަކުން އެހެން ނޫންކަމަށްވެސް ވެދާނެއެވެ. ބައިސްކޯފުގެ ބެލުންތެރިންނާ ހަމައަށް ތަފާތު ރަހަތައް ގެނެސްދިނުމަކީ ބައިސްކޯފުގެ ޓީމުންވެސް މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތެކެވެ. އެކަމުގެ ހެއްކަކަށް “ކަރަމްސް ފުޑް އެޑްވެންޗަރ” ސީރީޒްވެސް ފުދެއެވެ.

https://www.facebook.com/1750964688277651/posts/3860542263986539/?vh=e

“ކަރަމްސް ފުޑް އެޑްވެންޗަރ” ސީރީޒްއަކީ ހަމަ ގައިމުވެސް އަހަރެން ކަހަލަ ކޭމާޓު މީހުންނަށް، ނޫނީ ކޭމާޓު ނުވިޔަސް، ތަފާތު ކާނާގެ ރަހަ ބަލާހިތްވާ މީހުންނަށް ވަރަށް ކަމުދާނެ ސީރީޒެކެވެ. ތައިލޭންޑްގެ ކްރާބީ ސަރަހައްދުން ތަފާތު ރަހަތައް ކަރަމް އާއި އޭނާގެ ސައިޑް ކިކް މުޙައްމަދު ޑޭނިއަލް، އެތަކެއް ރަހަތަކެއް ފުރަތަމަ އެޕިސޯޑުން ވަނީ ގެނެސްދީފައެވެ.

ކަރަމް އާއި ކުޑަކުޑަ ޑެނިއަލް ގެނެސްދޭ މި ފުޑް އެޑްވެންޗަރ ޕްރެސެންޓް ކޮށްދީފައިވާ ގޮތުންވެސް، ބައިސްކޯފު އެޕްން މި ޕްރޮގްރާމް ބަލަން އިންނަ އިރުވެސް ކާއެއްޗެހީގެ ރަހަ ބެލޭހެން ހީވާ ކަހަލައެވެ.

ސަމާސައެއް ކުރަނީކީ ނޫނެވެ. އަދި އަމުދުން މި ރަމަޟާން މަހު ހަވީރު، ރޯދަ ހިފައިގެން ހުރެ ދޮގެއް ވެސް ނުހަދާނެތާއެވެ. ހަމަ އަސްލުވެސް “ކަރަމްސް ފުޑް އެޑްވެންޗަރ” ސީރީޒްއަކީ ބަލައިލަން ރަނގަޅު، މުނިއަވަސްފިލާނެ ސީރީޒެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Kmart6 އަހަރު ކުރިން

Link????

Home
Menu
Search
Back to top