އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ހެލްތު ޕޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް 5 ދިވެއްސަކާއި، ބަންގްލަދޭޝްގެ މީހެއް ފައްސިވެފައިވާކަމަށެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 226 މީހުން ފައްސިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 89 ދިވެހިންނާއި، 137 ބިދޭސީންނެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1210 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 214 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލު
