ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗީޒީ އެގް ޓޯސްޓް – މުނިއަވަސް ރަހަފަތް

ފައިގެ ރަހަފަތްތަކުން މިއަދު މި ގެނެސްދެނީ އަނގަޔަށް ވަރަށް މީރު، “ޗީޒީ އެގް ޓޯސްޓް” އެވެ. މިއީ ރޯދަ ވީއްލާ ގަޑިޔަށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ، މީރު ކެއުމަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި:

– 1 މިރުސް (ކުދިކޮށް ކޮށާފައި)
– 1 ބޮޑުފިޔާ (ކުދިކޮށް ކޮށާފައި)
– 6 ބިސް
– 6 ފޮތި ޕާން
– 3 ފޮތި ސްލައިސް ޗީޒް
– ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:

– ކޮށާފައި ހުރި ފިޔާ އަދި މިރުސް ތަށްޓަކަށް އަޅައިލުމަށްފަހު ބިސްތައް ތަޅާލައި އެ ތަށްޓަށް އަޅާލާށެވެ.

– ރަނގަޅަށް ގިރާލުމަށްފަހު ބިސްގަނޑު އަޅާ ވަރަށް ތަވަޔަށް އަޅާލާށެވެ.

ބިސްގަނޑު އަޅާފައި – ފޮޓޯ: ފައިނާޒް / މުނިއަވަސް

– އެއަށްފަހު ދެފޮތި ޕާން، ބިސްގަނޑު މަތީ ފަތުރާލުމަށްފަހު ފުށުން  ޖަހާލާށެވެ. އެއަށްފަހު ބިސްގަނޑު ރީއްޗަށް ޕާން ފޮތްޗަށް ހެޔޮވަރަށް ދެފަރާތުން ފަތްޖަހާލުމަށްފަހު ޗީޒް ފޮތްޗެއް ބާއްވާާލާށެވެ. ޕާންފޮތި ފިހެވުމުން އެއް ފޮތި މައްޗަށް އަނެއްފޮތި ވާގޮތަށް ފަތްޖަހާލުމަށްފަހު ތަވައިން ނަގާށެވެ. މިގޮތަށް ހުރިހާ ފޮތިތައް ފިހެލާށެވެ.

ބިސްގަނޑު އަޅާފައި އޭގެ މަތީގައި ޕާންފޮތި – ފޮޓޯ: ފައިނާޒް / މުނިއަވަސް

– މިހާރު އެހެރީ “ޗީޒީ އެގް ޓޯސްޓް” ތައްޔާރުކުރެވިފައެވެ.

ފޮޓޯ: ފައިނާޒް / މުނިއަވަސް

ތިރީގައި މި ހިމަނާލަނީ ވެސް “ޗީޒީ އެގް ޓޯސްޓް” ތައްޔާރުކުރެވިދާނެ ގޮތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top