ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު ލެޖެންޑަރީ އެކްޓަރު ރިޝީ ކަޕޫރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ހާލު ދެރަވެގެން މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތުގައެވެ.

2018 ވަނަ އަހަރުންފެށިގެން އެމެރިކާގެ ނިޔުޔޯކްގައި ކެންސަރަށް ފަރުވާ ހޯދުމަށްފަހު ރިޝީ އެނބުރި އިންޑިޔާއަށް އައިސްފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުއެވެ.

ރިޝީ މަރުވިއިރު އޭނާގެ އަތުގައި މިހާރު ވެސް ޝޫޓިން ފަށާފައި އޮތް ފިލްމެއް އެބަ އޮތެވެ. އެއީ ޖޫހީ ޗާވްލާއާ އެކު ކުޅޭ ކޮމެޑީ ފިލްމު “ޝަރުމާޖީ ނަމްކީން” އެވެ. މިއީ ބަތަލާ ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ ހޮލީވުޑްގެ ފިލްމު “ދި އިންޓާން” ގެ ހިންދީ ރިމޭކެކެވެ

ކެންސަރަށް އެމެރިކާގައި އަހަރެއް ވަންދެން ފަރުވާ ހޯދި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ދެންމެ މަރުވެއްޖެ އެވެ.

ކުޅަދާނަ އެކްޓަރ ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރު މިއަދު މަރުވިއިރު، ކެންސަރު ބަލީގައި އިއްޔެ ވަނީ އިންޑިއާގެ އެންމެ ހުނަރުވެރި އެއް އެކްޓަރު އިރްފާން ޚާން ވެސް މަރުވެފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top