ރޯދަމަހު ހާރު ކެއުމަށް ފަސޭހައިން ތައްޔާރުކޮށްލެވޭ މި މީރު ރިހައަކީވެސް ކަމުދާނެ ރިހައެއް ކަމަށް އުންމީދު ކުރަމެވެ.

​ބޭނުންވާ ތަކެތި:
– 4 ބިސް
– 1 ފިޔާ (ކުދިކޮށް ކޮށާފައި)
– 1 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
– 1 ސައި ސަމުސާ މުގުރި ދިރި
– 1 ސައި ސަމުސާ މުގުރި މިރުސް
– 1/2ސައިސަމުސާ ރީނދޫ
– 1 މުރަނގަފަތް ކޯޅި
– ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:
– ބިސްތައް ތެޅުމަށްފަހު ބޯތަށްޓަކަށް އަޅާލާށެވެ.
– ރަހަލާވަރަށް ލޮނު އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
– އެއަށްފަހު މުށެއްގެ މުރަނގަފަތް، ތައްޓަށް އަޅައިލުމަށްފަހު ބިސްގަނޑު އަޅާވަރަށް ތަވަޔަށް އަޅާލާށެވެ.
– ބިސްގަނޑު ފިހެވުމުން ރީއްޗަށް އޮޅާލުމަށްފަހު ތިންބަޔަށް ބުރިކޮށްލާށެވެ.
– ކޮށާފައިހުރި ފިޔާ، ޓޮމާޓޯ ރަހަލާވަރަށް ލޮނު އަދި ތެޔޮ ފޮދު ތެއްޔަކަށް އެޅުމަށްފަހު މަޑުގިނީގައި ފިޔާގަނޑު މޯޅިކޮށްލާށެވެ.
– އެއަށްފަހު ދިރި، ރީނދޫ ،މިރުސް އަދި ފެން އަޅައިލުމަށްފަހު 5-6 މިނިޓް ވަންދެން މަޑުގިނީގައި ކައްކާލާށެވެ.
– ރަނގަޅަށް ރިހަގަނޑު ކެކުމުން ކޮށާފައިހުރި ބިސްގަނޑުތައް އަދި ބާކީހުރި މުރަނގަފަތއްކޮޅު ތެއްޔަށް އަޅައި އެއްކޮށްލުމަށްފަހު 2-3 މިނިޓް ކައްކާލާށެވެ.
– މިހާރު އެހެރީ ބިސްގަނޑު ރިހަ ތައްޔާރު ކުރެވިފައެވެ.

ތިރީގައި މި ހިމަނާލަނީވެސް ބިސްގަނޑު ރިހަ ތައްޔާރުކޮށްލެވިދާނެ ގޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.