ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރައީސް، ރައީސް މުޙައްމަދު އަމީން ގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވީ އާލާސްކަންފުޅެއްގައި އުޅުއްވަމުން މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެ ކަމަނާ އަވަހާރަވިއިރު އެ ކަމަނާ ގެ އުމުރުފުޅަމީ 85 އަހަރެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.

އެ ކަމަނާ އަވަހާރަވުމާއި ގުޅިގެން މިހާރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ އެ ކަމަނާ ގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

“‏އަންނަބީލާ އަމީނާ މުޙައްމަދު އަމީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާގުޅިގެން އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ މަރުޙޫމާގެ  ޢާއިލާއަށް ދަންނަވަން. މާތް ﷲ އެމަރްޙޫމާ އަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަންދެއްވާށި! އާމީން” ރައީސް ޓުވީޓުގައި ލިޔުއްވާފައިވެއެވެ.

އަމީނާ ދުނިޔެ ދޫކުރެއްވި އިރު، އެ ކަމަނާ ގެ  އާއިލާގައި ފިރިކަލުންނާއި، ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެތެރޭގައި އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލާއި، ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ހިމެނިވަޑައިގަންނަވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.