ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭގެ ހުރިހާ ޖާދޫގަރުން ބަލާލަން ބޭނުންތަ؟

ރާއްޖޭގެ ހުރިހާ ޖާދޫގަރުން ބަލާލަން ބޭނުންހެއްޔެވެ؟ ރާއްޖޭގެ ހުރިހާ ޖާދޫގަރުން އެއް ވީޑިއޯއަކުން ބަލާލަން ބޭނުންނަމަ، އެފުރުސަތު މިއޮތީ ތަނަވަސްވެފައެވެ.

ރާއްޖޭގެ ހުރިހައި ޖާދޫގަރުން އެއް ވީޑިއޯއަކުން ފުރަތަމަ ފަހަރަށް ޖާދޫގެ ހުނަރުތަކެއް މިވަނީ ދައްކާލާފައެވެ. އިއްޔެ ހަވީރު ފޭސްބުކް މެދުވެެރިކޮށް އާއްމުކުރި މި ވީޑިއޯގައި ގިނަ އަދަދެއްގެ ޒުވާން ޖާދޫގަރުންގެ މޮޅު ޖާދޫތަކެއް ފެނިގެން ދެއެވެ.

https://www.facebook.com/534897143545811/posts/1131414733894046/?vh=e

 

އެންމެ ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ ޖާދޫގަރުން އެއް ވީޑިއޯއެއްގައި ފެނިގެންދިޔަ މި ޚާއްޞަ ވީޑިއޯ އާ ބެހޭގޮތުން މުނިއަވަސް އަށް މައުލޫމާތު ދެމުން ޖާދޫގެ ހުނަރުތައް ދައްކަމުން އަންނަ “މެޖީޝަން ރާއްޕެ” ބުނީ މިއީ ރާއްޖޭގެ ޖާދޫގަރުން އެއް ވީޑިއޯއަކުން ފެނިގެންދާ ފުރަތަމަ ފަހަރު ކަމަށެވެ. ރާއްޖޭގައި ޖާދޫގަރުންނަކީ އެހާ އާންމު ބައެއް ނޫންނަމަވެސް، އެމީހުންގެ ގިނަ ސަޕޯޓަރުން އުޅޭކަން ފާހަގަކޮށްލެވެއެވެ.
.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top