އިތުރު 58 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 58 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، ބަންގްލަދޭޝްގެ 13 މީހުންނާއި، އިންޑިއާގެ 14 މީހުންނާއި، ނޭޕާލްގެ 6 މީހުން ކަމަށެވެ.
✳️ COVID-19 Case Updates
As of 11:30pm:
Confirmed an additional 58 cases of COVID-19 infection in Maldives.
– 25 Maldivians
– 13 Bangladeshis
– 14 Indians
– 06 NepaleseTotal number of cases: 1,371
— Health Protection Agency (@HPA_MV) May 24, 2020
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1371 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 493 މީހުންނާއި، ބަންގްލަދޭޝްގެ 689 މީހުންނާއި، އިންޑިއާގެ 140 މީހުންނާއި، ނޭޕާލްގެ 22 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 9 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންްނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 111 މީހުން ރަނގަޅުވެފައި ވާއިރު، 4 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1650 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1115 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
