މަނީ ރަތުނަމް ލިޔެ ޑައިރެކްޓުކޮށް ގެނެސްދިން ތަމަޅަ ފިލްމު ”ރޯޖާ“ ގެ ދެވަނަ ބައެއް ހަދަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް މަނީ ރަތުނަމްގެ ޓީމުން އެކަން ދޮގުކޮށްފިއެވެ.
އެ ރިޕޯޓުތަކުގައިވާ ގޮތުން މަނީ ރަތުނަމް ވަނީ ރޯޖާގެ ދެވަނަ ބައި ހެދުމަށް ނިންމާފައެވެ. އަދި މިހާރު އޭނާ ތައްޔާރުކުރަމުން އަންނަ ”ޕޮންނިޔިން ސެލްވަން“ގެ ކުރިއަށް ރޯޖާގެ މަސައްކަތް ނިންމާނެއެވެ. ނަމަވެސް މަނީ ރަތުނަމްގެ ޓީމުން އެކަން ދޮގުކޮށް ބުނެފައިވަނީ ”ޕޮންނިޔިން ސެލްވަން“ އަކީ މަނީ ރަތުނަމްގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށާއި އެ ފިލްމުގެ މަސައްކަތް ނުނިންމާ އިތުރު ފިލްމެއްގެ މަސައްކަތް ކުރުމަށް ޚިޔާލުވެސް ކޮށްފައި ނުވާކަމަށެވެ.
ރޯޖާގައި ކިޔައިދެނީ އަލަށް ކައިވެނިކުރާ ދެމަފިރިއެއްގެ ވާހަކައެވެ. އޭގެ ތެރެއިން ފިރިމީހާ، ޕާކިސްތާނުގެ ޓެރަރިސްޓުންގެ އަތްދަށުވުމުން ފިރިމީހާ ސަލާމަތްކުރަން އަނބިމީހާ ކުރާ މަސައްކަތް މި ފިލްމުގައި ދައްކުވައިދީފައިވެއެވެ. އަރްވިންދު ސުވާމީއާއީ މަދޫ މައިގަނޑު ރޯލުތައް ކުޅެފައިވާ މި ފިލްމަކީ 1992 ވަނަ އަހަރު ތަމަޅަ ބޮކްސް އޮފީހުގައި 6 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




