ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ނުވަތަ ސިނަމާލެ ބުރިޖު މަތިން މީހަކު ކަނޑަށް ފުންމާލައިފިއެވެ.
ފުލުހުން ބުނެފައިވަނީ މިއަދު 15:46 ގައި ބުރިޖު މަތިން މީހަކު ފުންމާލި ޚަބަރު ލިބުމާއެކު، ލޯންޗެއްގައި ފުލުހުން ގޮސް އޭނާ ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާ އަކީ އުމުރުން 31 އަހަރުގެ އިންޑިއާ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހާރު ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލު
