އައްޑޫ ސިޓީގެ މަގެއް މަތިން ބިދޭސީއަކަށް ފެނުނު އެއްލައްކަ ރުފިޔާ ފުލުހުންނާ ހަވާލުކޮށްފިއެވެ.
މިކަމާއި ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އައްޑުއަތޮޅު ހިތަދޫ މަގެއް މަތިން ޖޫން ފަސްވަނަ ދުވަހު ބަންގްލަދޭޝް މީހަކަށް އެއްލައްކަ ފެނިގެން އެ ފައިސާ ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި، ޖޫން ހަވަނަ ދުވަހު އެ ފައިސާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ ބިދޭސީ މީހާގެ މަސައްކަތް ފާހަގަކޮށް ފުލުހުން ވަނީ އޭނާ އަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ޚިޔާލު
