ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފުރަބަންދު” – ދެކެ ދެކެ ވެސްގެ ޑްރާމާ ސީރީޒް!

“ފުރަބަންދު”ގެ ނަމުގައި މަޝްހޫރު ޕްރޮޑަކްޝަން ހައުސް، ‘ދެކެ ދެކެ ވެސް ޕްރޮޑަކްޝަން’ އިން ޑްރާމާ ސީރީޒެއްގެ މަސައްކަތް ފަށައިފިއެވެ. ދިވެހިންގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ މި ސީރީޒްގެ މަސައްކަތް ފެށީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައެވެ.

މުޙައްމަދު ޢަބްދުﷲ (މުހައްމާ) މުނިއަވަސް އަށް ބުނީ މިއީ ޖުމަލް 05 އެޕިސޯޑްގެ ސީރީޒެއް ކަމަށާއި މި ސީރީޒުން ދައްކައިދޭނީ ކޮވިޑް-19ގެ ފުރަބަންދު ނުވަތަ ލޮކްޑައުންގައި ހިނގާ ކަންތަތަކެއް ކަމަށެވެ.

“މީގައި ހިތާމަވެރި ކަންތައްތަކެއް ވެސް ފެނިގެންދާނެ. ކޮވިޑް-19 އާ ގުޅޭ މުހިންމު މެސެޖްތަކެއް ވެސް ފެނިގެންދާނެ.” މިއަދު މަސައްކަތް ފެށި ސީރީޒްގެ މަޢުލޫމާތު މުނިއަވަސް އާއި ހިއްސާކުރަމުން މުހައްމާ ބުންޏެވެ.

“ފުރަބަންދު”ގެ މުހިންމު ކާސްޓަށް ބަލާލާއިރު، މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ޢަލީ ސީޒަން އާއި އެކު ހަރަކާތްތެރިވާނީ ނާޝިދާ މުޙައްމަދު (ނާއްކޮ) އާއި ބައިސްކޯފްގެ ސީރީޒް “ތިން ބިބީ” އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި ވާޝިޔާ މުހައްމަދު (ޝިޔާ) އެވެ.

މި ސީރީޒްގެ އެޕިސޯޑްތައް ޑައިރެކްޓްކުރަނީ ސީޒަން އެވެ. ކެމެރާކުރަނީ ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ. ސީރީޒްގެ އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރާނީ އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

މިއީ މުހައްމާގެ ކޮންސެޕްޓަކަށް “ހަނާ” ވެބް ސީރީޒް ލިޔުނު ރިނާޒާ ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ސީރީޒެކެވެ.

މި ސީރީޒް ދެއްކުމަށް ހަމަޖެހިފައިވަނީ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދައްކާ ދިވެހި ޗެނަލް އައިސް ޓީވީންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Hajam6 އަހަރު ކުރިން

Rina ge vaahakah eh vima varah balaahithun mihunnani Hanaa Series ves varah salhi varah asarugadha belunu adadheves neyge ehenvima Furabandhuves varah reethi vaane bayaku kiyaa eheche alhaanulaa goodluck team Furabandhu

ސްކްރިޕްޓޭ6 އަހަރު ކުރިން

ކޮންފަދަ ހަޑިއެއް ހާވާނެބާ؟ ސީޒަން އަދި ގޮޅާ ނޫނީ ނެތް ތި ޓެކްނިކަލް ޓީމުގަ ބުރަދަން ހުރި މީހެއް. ހަނާ ސީރީޒްވެސް ވައިކަމުން ނުވެސް ބެލުނު. ބޭކާރު ޑައިލޮގްސް. 90ސް ގެ ފިލްމުވެސް އެއަށްވުރެ ރީތި. ނޯ ހާޑް ފީލިންގްސް ޓު އެނީ ވަން. އެކަމް ރިނާ ނީޓްސް ލާރން ސްކްރީން ރައިޓިންގ. ބެސްޓް އޮފް ލަކް

Home
Menu
Search
Back to top