ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްޓަރ ސުޝާންތު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސުޝާންތު ސިންގ ރާޖްޕުޓް ދަންޖެހިގެން މަރުވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައި ހުއްޓާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފިލްމް “ކައި ޕޯޗޭ” އިން ބޮލީވުޑަށް ތައާރަފްވި އުމުރުން 34 އަހަރުގެ އެކްޓަރ ދަންޖެހިފައި ހުރީ މުމްބާއީގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ.

ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އެކްޓަރގެ ޚާއްސަ ފިލްމް ތަކަށް ބަލާލާއިރު “ކައި ޕޯޗޭ”، “ޝުއްދު ދޭސީ ރޮމޭންސް”، “އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ” ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝްރައްދާ ކަޕޫރާއެކު ފިލްމް “ޗިޗޯރޭ” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top