ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެއްމެ ބޮޑު އުއްމީދަކީ ދެ ހަރަމްފުޅުގައި ބަންގި ގޮވުން – އާތިފް އަސްލަމް

އެއްމެ ބޮޑު އުއްމީދަކީ މަސްޖިދުލް ހަރާމް އާާއި ނަބަވީގައި ބަންގި ގޮވުން ކަމަށް ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ބުނެފިއެވެ. އާތިފް އަސްލަމް ލަވަކިޔުން ހުއްޓާލަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ޕާކިސްތާނުގެ ޓީވީ ޗެނަލެއްކަމަށްވާ ‘ޖިއޯ ޓީވީ’ އަށް ދިން އިންޓަވިއުއެއްގައި ބުނީ މައްކާ އާއި މަދީނާގައި ހުންނަ ދެ ހަރަމްފުޅުގައި ބަންގި ގޮވުމަކީ އޭނާ އެންމެ ބޮޑަށް އެދޭ ކަންތައް ކަމަށެވެ.

މަދަހަ އާއި ސަނާ އަދި ދުޢާތައް އާތިފްގެ އަޑުން އިވުން ގިނަވެފައިވާއިރު، އާތިފް ލަވަކިޔުން ހުއްޓައިލަން އުޅޭކަމަށް ދެކޭވާހަކައަށް އޭނާ ވަނީ ތަފްޞީލް ޖަވާބެއް ދީފައެވެ.

އާތިފު ބުނީ މަދަހަ ކިޔަން ފެށ ިފަހުން އޭނާއަށް ލިބެމުންދާ ލޯތްބާއި އިހްތިރާމު ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި، ޒުވާން މުސްލިމުން އޭނާގެ މަދަހަތައް ބަލައިގެންފައި ވާކަމަށާއި ނަމަވެސް މިއުޒިކް އިންޑަސްޓްރީ އެއްކޮށް ދޫކޮށްލުމާމެދު އަދި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

“އާނ. އަހަރެން އިސްލާމީ ލަވަތައް ކިޔައި މާތްﷲ އާއި މާތް ރަސޫލާއަށް ސަނާ ކިޔާނަން.”

ކޮވިޑް-19 ފުރަބަންދުގައި އާތިފް އަސްލަމްގެ އަޑުން ގޮވާފައިވާ ބަންގި ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޖިއޯ ޓީވީން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ މައްކާގެ ކަޢުބަތުﷲ ގެފުޅުގައި ބަންގި ގޮވުމަކީ އޭނާ އެތަކެއް ދުވަހެއް ވަންދެން ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top