ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމަށް ސާރީ ފާޑުކިޔުމުން އޭނާގެ ދައްތަ ރައްދު ދީފި

އިޓާލިއަން ކަޕުގެ ފައިނަލުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމަށް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ފާޑުކިޔުމުން އެކަމާ ހިތްހަމަނުޖެހިގެން ރޮނާލްޑޯގެ ދައްތަ އެލްމާ އަވެއިރޯ އޭނާ އަށް ރައްދު ދީފިއެވެ.

އިޓާލިއަން ކަޕުގެ ފައިނަލް މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސާރީ ބުނެފައިވަނީ ރޮނާލްޑޯ އަށް މޮޅަށް ނުކުޅެވެނީ އޭނާގެ ތޫނުފިލިކަމާއި، ކުޅުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ. ސާރީގެ މިވާހަކަތަކަށް ރައްދު ދެމުން ރޮނާލްޑޯގެ ދައްތަ އެލްމާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޮނާލްޑޯ އެކަނި ކުޅެގެން “މިރަކަލް” އެއް ނުފެންނާނެ ކަމަށެވެ. އަދި، ޔުވެންޓަސް ލައްވާ ސާރީ ކުޅުވާގޮތަށް ފާޑުކިޔައި، އޭނާގެ ރޭވުންތަކަށް ވެސް ފާޑުކިޔާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

“ދެން އިތުރަށް މީހަކަށް ކުރެވޭނީ ކޮންކަމެއް؟ އަހަރެންގެ ކޮއްކޮ އެކަނި ކުޅެގެން “މިރަކަލް” އެއް ނުފެންނާނެ. ނަމަވެސް، އަހަރެންނަކަށް ނުވިސްނޭ އެޓީމު ލައްވާ ކަލޭ އެގޮތަށް ކުޅުވަންވީ ކީއްވެ ކަމެއް… އިސްއުފުލާ އަހަރެންގެ ރަސްގެފާނު.”

ރޮނާލްޑޯގެ ދައްތަ އެލްމާ ބުނެފައިވެއެވެ.

މިއީ ރޮނާލްޑޯގެ އާއިލާގެ ފަރާތުން ސާރީ އަށް ރައްދު ދިން ފުރަތަަމަ ފަހަރު ނޫންކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އޭސީމިލާން އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލުކުރުމުން ވެސް ސާރީ އަށް ރޮނާލްޑޯގެ އާއިލާ އިން ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ.

އިޓާލިއަން ކަޕުގެ ފައިނަލުގައި ރޭ ނަޕޯލީ އަތުން ބަލިވި ބަލިވުމަކީ ރޮނާލްޑޯގެ 18 އަހަރުވީ ފުޓުބޯޅަ ކެރިއަރުގައި ޖެހިޖެހިގެން ދެ ފައިނަލެއްގައި ބަލިވި ފުރަތަަމަ ފަހަރެވެ. އިޓާލިއަން ކަޕުގެ ކުރިން އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުގައި ލާޒިއޯ އަތުން ވެސް ޔުވެންޓަސް ވަނީ ބަލިވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top