ލަވަކިޔުންތެރިޔާ އަހުމަދު ޝިފާއުގެ “ޕަރީ” އައްޑޫ ސިޓީގައި ލޯންޗުކޮށްފިއެވެ. ފިލްމީ ތަރި މަރްޔަމް ޝަހުޒާ އާއި އަޙްމަދު އަމަން ޢަލީ (ޓޮމް) ލީޑް އެކްޓަރުންގެ ގޮތުގައި ފެނިގެންދާ “ޕަރީ”ގައި އައްޑޫ ސިޓީގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެން ދެއެވެ. ޝަހޫ އާއި ޓޮމްގެ އިތުރުން އެކްޓިންއަށް އަލަށް ތަޢާރަފުވާ ލަގާފަތު، ހަސޭގެ އިތުރުން ޖިމީ އާއި ޝާން ވެސް މި ލަވައިގައި ފެނިގެންދެއެވެ.
“ޕަރީ” އާއި ބެހޭގޮތުން މުނިއަވަސް އަށް މައުލޫމާތު ދެމުން ފިލްމީތަރި އަމަން ބުނީ މި ލަވައަކީ އަސްލު އޭއޯގެ ފުރަތަމަ ވީޑިއޯ ލަވަ ކަމަށާއި ކުރިޔަށް އޮތްތަނުގައި އޭއޯއިން ސިލްސިލާ ޑުރާމާތަކާއި މުޖުތަމަޢަށް ޢިބުރައްތެރި ކޮންޓެންޓްތައް ގެނެސް ދޭނެ ކަމަށެވެ.
އަމަން އާއި ޝަހޫ އިތުރަށް ބުނީ އޭއޯގެ ޓީމުން މި ކުރި މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި އޭއޯގެ މުޅި ޓީމަށާއި ސީއީއޯ ޝިމްލާ އަޙްމަދު އަށާއި އޭއޯގެ އެމްޑީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

ލަވަކިޔުންތެރިޔާ އަހުމަދު ޝިފާއު – ފޮޓޯ : އޭއޯ
“ޕަރީ”ގެ ހުރިހައި މަސައްކަތެއް ކޮށްފައިވަނީ އައްޑޫ ސިޓީގައެވެ. އެގޮތުން މިލަވައިގެ ރެކޯޑިން ހަދާފައި ވަނީ މަޝްހޫރު ބޭބީ ނަސީރު އާއި މަޝްހޫރު ބޭންޑް ބާއޮކަލޯގެ ސިއްދީގު އެވެ. މިލަވައިގެ ޅެން ހަދާފައި ވަނީ އަހުމަދު އިސްމާއިލް އެވެ. މިއުޒިކް ހަދާފައި ވަނީ ކުޑަ އިންތި އެވެ. ލަވަ ކިޔާދީފައި ވަނީ އަހުމަދު ޟިފާއު އެވެ.
ލަވައިގެ ހިތްގައިމު މަންޒަރުތައް ކެމެރާކުރީ ޒަޔާން، ޝާން އަދި އައްތޫ އެވެ.
https://www.facebook.com/www.aonews.mv/videos/vb.499369000450547/719684238820254/?type=2&theater
އައްޑޫސިޓީގެ ރީތި މަންޒަރުތައް ހިމެނޭ މިލަވަ ފޭސްބްކްގައި ރިލީޒްކޮށްފައިވާއިރު ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ފިލްމީ ދާއިރާގައި އަމަންގެ ގިނަ މަސައްކަތްތަކަކީ ގިނަ ބަޔަކު ބަލައިގަންނަ ފަދަ ހިތްގައިމު މަސައްކަތްތަކެއް ކަން ލިބެމުންދާ ކޮމެންޓުތަކުން އެނގެއެވެ.
މާލެއެކޭ އެއްފަދައިން އައްޑޫ ސިޓީގައި ވެސް ފިލްމީ މަސައްކަތްތައް މަޝްހޫރު ތަރި މަރްޔަމް ޝަހުޒާ (ޝަހޫ)ގެ އިރުޝާދާއެކު އޭއޯ އިން ކުރަމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.

