ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 ޖެހިގެން ރާއްޖެއިން 11 ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 11 ވަނަ މީހަކު ނިޔާވެއްޖެއެވެ.

މިކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް މިރޭ 1:52 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއާއިއެކު، ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 11 އަކަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 2435 މީހުން ފައްސިވެފައިވާއިރު، 2030 މީހުންނަށް ވަނީ ޝިފާ ލިބިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top