ލ. އަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދުއަކީ އަތޮޅުގެ މައި ރަށްތަކުން އެންމެ މުހިންމު އެއް ރަށެވެ. ފެންވަރު ރަނގަޅު މަގަކުން ފޮނަދޫ އާއި ކައްދޫ އެއާޕޯޓް، މާންދޫ ހޮރައިޒަން ފިޝަރީޒް އަދި ލ. ގަން ގުޅާލެވިފައިވުމުން، މިއީ އަތޮޅުގެ މައި ހަބެއްގެ ގޮތުގައި ހަމަޖެހިފައިވާ ސަރަހައްދެވެ.
ލ. އަތޮޅުގެ ހިތްގައިމު ކަމުގެ ވާހަކައަކީ އަތޮޅަށް ޒިޔާރަތްކުރާ މެހެމާނުން އަބަދުވެސް ދައްކާ އެއް ވާހަކައެވެ. ތާރު އަޅައިގެން ހަދާފައިވާ ދިގުމަގަށް ވާގޮތަށް، ލ. ފޮނަދޫގެ އެންމެ މުހިންމު ސަރަހައްދުގައި ހުންނަ “ދަ ޖޭމް ކިޗަން” އަކީ މުޅި ލ. އަތޮޅުގައި ވެސް މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު، ހިތްގައިމު އެއް ރެސްޓޯރެންޓު ކަމަށް ދެންނެވިދާނެއެވެ.

“ދަ ޖޭމް ކިޗަން”ގެ ފުރަތަ ފަންގިފިލާ
2018 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ޚިދުމަތްދޭން ފެށި “ދަ ޖޭމް ކިޗަން” އަކީ މުޅި އަތޮޅުންވެސް އެންމެ ފައްކާ، އެންމެ އަގުހެޔޮ ކެއުންތައް ލިބެންހުރި ރެސްޓޯރެންޓެވެ. މުޅި އާއިލާ އެކުގައި ގޮވައިގެން “ދަ ޖޭމް ކިޗަން” ގޮސް، މީހުން ބުނާހެން ‘ދެ ބަނޑަށް ކެޔަސް’ ޖީބަށް ބަރެއް ނުވާނެއެވެ.

“ދަ ޖޭމް ކިޗަން”ގެ ފުރަތަ ފަންގިފިލާ
“ދަ ޖޭމް ކިޗަން”ގެ ހައިބަތާއި އެތަނުގެ ‘ވިއު’ އިތުރަށް ފުރިހަމަވެގެން ދިޔައީ މި ޖުލައި މަހުގެ 03ވީ ހުކުރު ދުވަހުން ފެށިގެންނެވެ. މާލޭގެ ކާނިވާ ސަރަހައްދުގައި ހުންނަ ހިތްގައިމު ރެސްޓޯރެންޓްތަކުން ލިއްބައިދޭ ފަދަ ހިތްގައިމު އިހުސާސެއް “ދަ ޖޭމް ކިޗަން”ގެ ފުރަތަމަ ފަންގިފިލާއިން މިހާރު ކުރެވޭނެއެވެ. މާލޭގެ ‘ސިޓްރަން ބައި ލެމަން ގްރާސް’ ނޫނަސް، އެފަދަ މާހައުލެއްގައި މީރު ކެއުމަކަށް އިންސާފުކޮށްލަން މިއީ ހަމަ ގައިމުވެސް ނިކަން ހިތްގައިމު ތަނެކެވެ. ތަނުގެ އެތެރޭގެ އިންޓީރިއާ ތަފާތުވެފައި ހިތްގައިމެވެ. އަލި ބިއްލޫރި ޖަހައި ބަންދުކޮށްފައިވާއިރު، މުޅިތަން ވަނީ އެއާކޯން ކޮށްފައެވެ. ފޮނަދޫގެ ބަނދަރުމައްޗާއި ކުރިން ދެންނެވި ފަދައިން ރަށުގެ މުހިންމު މުއައްސަސާތަކުގެ ސަޅި ‘ވިއު’އެއް ފުރަތަމަ ފަންގިފިލާގައި ތިބޭއިރު ފެންނާނެއެވެ.
https://www.facebook.com/thejamkitchen2018/videos/321050569289860/?v=321050569289860&external_log_id=1c8162f9033b41cf41b9abd3a5d09544&q=The%20Jam%20kitchen
“ދަ ޖޭމް ކިޗަން”ގެ މެނޫގެ ވާހަކަ ދައްކައިލިޔަސް ކުޅުދިޔާވާނެއެވެ. އެންމެ ޒަމާނީ ޑިޝްތައް ލިބެން ހުންނައިރު، ދިވެހިންގެ ހެނދުނުގެ ނާސްތާއަށް އެންމެ ކަމުދާ ދިވެހި މަސްހުންޏާއި ރޮށި ނުވަތަ ޒަމާނީ ބަހުރުވައިން ބުނާނަމަ ‘ޑިސްކް މަސްހުނި’ ވެސް ލިބެން ހުރެއެވެ. މީގެ އިތުރުން ކޮންޓިނެންޓަލް ބްރޭކްފާސްޓްގެ ވާހަކަ ހަމަ، ކޮންމެހެންވެސް ހިމަނާލަން ޖެހެއެވެ.
“ދަ ޖޭމް ކިޗަން” އިން ލިބެން ހުރި ކެއުންތަކުގެ ވާހަކަ ދައްކައި ކޮޅުން ނުލާނެއެވެ. އެހެންކަމުން އެތަނުގެ މައި މެނޫ ހިއްސާކޮށްލާނަމެވެ.

“ދަ ޖޭމް ކިޗަން” ގެ މައި މެނޫ
މެނޫގެ ވާހަކަ ދައްކާލާއިރު، މިތަނުން ޚިދުމަތް ހޯދި ބައެއް ފަރާތްތަކުގެ ބަހެއްވެސް ހޯދައިލީމެވެ. “ދަ ޖޭމް ކިޗަން”ގެ ފުރަތަމަ ފަންގިފިލާގެ ހިތްގައިމު މާހައުލުގައި ތިބެ ކެއުމެއް ނިންމައިލި އަންހެން ގްރޫޕަކާ ވާހަކަދައްކައިލުމުން ބުނީ “މި ސަރަހައްދުން ކީއްކުރަން ހެއްޔެވެ؟ މި އަތޮޅުން މިވަރުގެ މީރު ކެއުމެއް އެހެން އެެއްވެސް ރެސްޓޯރެންޓަކުން ނުލިބޭނެ! އަނެއްކާ އެތަނުގެ އެތެރޭގެ މާހައުލު ވަރަށް ސަޅި!”
“ދަ ޖޭމް ކިޗަން”ގެ މައި މެނޫގެ އިތުރުން މީރުމީރު ސޭންޑްވިޗް މެނޫއަށް ވެސް ހަމަ ކޮންމެހެން ބަލައިލަން ޖެހެއެވެ. ލިސްޓެއް ލިޔާކަށް ނެތީމެވެ. މެނޫއަށް ބަލައިލަމާ ހިނގާށެވެ.

“ދަ ޖޭމް ކިޗަން”ގެ ސޭންޑްވިޗް މެނޭ
ލ. ފޮނަދޫގައި ހުންނަ އޮފީސްތަކާއި މުއައްސަސާތަކުގެ އިތުރުން ކައްދޫ އިސްކަންދު އެއާރބޭސްގައި މަސައްކަތްކުރާ ފަރާތްތަކުން، އޮފީހުގެ މާހައުލުގައި ތިބެ، ހެނދުނުގެ ނާސްތާ ނެގުމަށް ނުވަތަ މެންދުރުގެ ކެއުމަށް އިންސާފުކޮށްލުމަށް “ދަ ޖޭމް ކިޗަން” އިން ޑެލިވަރީގެ ޚިދުމަތްވެސް ދެއެވެ. ޑެލިވަރީގެ ޚިދުމަތް ހޯދުމަށް 9413009 މި ނަންބަރަށް ގުޅައިލުމުން ޚިދުމަތް ލިބޭނެ ކަމަށް އެތަނުގެ ޖެނެރަލް މެނޭޖަރ ޢަލީ މުޢާޛް މުނިއަވަސް އަށް ބުންޏެވެ.
އަތޮޅުގެ ރަށްރަށުން، ފޮނަދޫގެ ބަނދަރަށް ކައިރިކޮށްލާ ދަތުރުވެރިންނަށް ފަސޭހަކަމާއެކު ކައިބޮއެ ހެދުމުގެ އިތުރަށް ކޮފީއެއް ބޮއެލަންވެސް މިއީ އެންމެ އައިޑިއަލް އެއް ތަން ކަމަށް ބުނެވިދާނެއެވެ.
“ދަ ޖޭމް ކިޗަން”ގެ މެނޭޖްމެންޓްގެ ފަރާތުން އެތަނުގައި އޯޕަން އެއަރ ޓެރަސްއެއް ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މިތަނުގެ ތިރީގައި، ފޮނަދޫގެ ބަނދަރުމައްޗަށް ވާނޭހެން ފިހާރައެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
ބައިވެރިޔާ ގޮވައިގެން، ގަން-ފޮނަދޫގެ ދިގު ތާރު މަގުގައި ރޭނގަނޑު ބުރުޖަހާލަން ދިއުމަށްފަހު ހިތްގައިމު މާހައުލެއްގައި ތިބެ މީރު ކެއުމަކަށް އިންސާފުކޮށްލަން މި ސަރަހައްދުގައި ހަމަ ގައިމުވެސް މިވަރެއް ނޯންނާނެއެވެ. ހަމަ އެހެންމެ ހަވީރުގެ ވަގުތުގައި ތުއްތުކުދިންނާއި ކުޑަކުދިން ގޮވައިގެން ގޮސް ސައެއް ބޮއެލަން ތިބެންވެސް މިވަރެއް ނޯންނާނެއެވެ.
