ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ކާމިޔާބު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ (ޕީސީ)، ފިލްމީ ސިނާޢާތުގައި ހޭދަކޮށްފައިވާ ދެ ދަހަރު (20 އަހަރު)ގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފޮޓޯތައް ވީޑިއޯއެއްގެ ޒަރީޢާއިން ހިއްސާކޮށްފިއެވެ.
ޕްރިޔަންކާގެ ފިލްމީ ދިގު ހަޔާާތް ފެށީ ބޮލީވުޑުންނެވެ. މޮޑެލް ކުރުމުން ފަށައިގެން މިސްވޯލްޑްގެ ތާޖު ލިބި، އިންޑިޔާގެ ހުރިހައި ގެއެއްގެ ސިޓިންރޫމުތަކުގައި އެ ނަން ގުގުމައިލިއެވެ. މިހާރު އޭނާގެ ނަން މުޅި ދުނިޔޭގައިވެސް ވަނީ ގުގުމާލާފައެވެ.
މި އަހަރަކީ ބޮލީވުޑްގައި ޕްރިޔަންކާ ފިލްމީ ހަޔާތް ހޭދަކުރަމުން އަންނަތާ 20އަހަރު ފުރޭ އަހަރެވެ. އެހެންކަމުން އޭނާގެ އިންސްޓަގްރާމުގައި ވަނީ ފިލްމީ ދިގު ހަޔާތުގެ ހިތްގައިމު މަންޒަރުތަކެއް ހިމެނޭ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
މި ވީޑިއޯގައި އޭނާގެ ކެެރިއަރަށް ލިބެމުން އައި ކުރިއެރުންތައް ދައްކައިދީފައި ވެއެވެ. ޕްރިޔަންކާގެ ފިލްމީ ހަޔާތް ފެށުނީ އަކްޝޭ ކުމާރާއެކު 2000 ވަނަ އަހަރު ކުޅުނު ފިލްމު ’އަންދާޒް‘ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




