މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ބޮލީވުޑްގެ ޒުވާން ތަރި، ސުޝާންތު ސިންގު ރާޖުޕުތު ކުޅުނު ފަހު ފިލްމު ”ދިލް ބެޗާރާ“ގެ ޓްރެއިލަރ ރިލީޒްވިތާ 24ގަޑިއިރު ނުވަނީސް 5.1މިލިޔަން ވިއުސް ލިބި ރެކޯޑު މުގުރާލައިފިއެވެ. މިއީ މިހާތަނަށް ރިލީޒްވި ބޮޑެތީ ބްލޮކްބަސްޓަރތައް ކަމަށްވާ ”އިންފިނިޓީ ވޯރ“ އާއި ”އެންޑް ގޭމް“ އަށް ލިބުނު ތަރުހީބަށްވުރެންވެސް ބޮޑު ތަރުހީބެކެވެ.
”ދިލް ބެޗާރާ“ ގައި ސުޝާންތާ އެކު ބަތަލާގެ ރޯލުން ފެންނާނީ ސަންޖަނާ ސާންގީ އެވެ.
ފިލްމު ”ދިލް ބެޗާރާ“ ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް، މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އެވެ.
މިއީ 2014 ގައި ރިލީޒްވި ހޮލީވުޑްގެ ފިލްމު ”ދަ ފޯލްޓް އިން އަވާ ސްޓާޒް“ ގެ ރިމޭކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



