ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއަން އައިޑަލްގެ އޮޑިޝަން އޮންލައިންކޮށް!

މަޝްހޫރު ފްރެންޗައިޒް ޝޯ، އިންޑިއަން އައިޑަލް 12ގެ އޮޑިޝަން އޮންލައިންކޮށް މިމަހު 25ގައި ފަށަން ނިންމައިފިއެވެ.

ސޮނީ ޓީވީން ދައްކާ އިންޑިއަން އައިޑަލްގެ އޮޑިޝަންތައް ބާއްވަން ނިންމާފައިވާއިރު އައިޑަލްގެ ޕްރޮމޯ ވީޑިއޯކޮޅެއް އާއްމުކޮށްފައި ވެއެވެ.

އިންޑިއަން އައިޑަލްގެ ހޯސްޓް އަދްތިޔާ ނާރަޔަން ބުނީ އޮޑިޝަންގެ ވަގުތުޖެހެންދެން ގިނަ ވަގުތު ކިއުގައި ތިބުމަށްވުރެ ގޭގައި ތިބެގެން އޮޑިޝަން ކުރިއަށް ގެންދިޔުމުން އައިޑަލް ބައިވެރިންނަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

އޮންލައިން އޮންޑިޝަންއަށްޓަކައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސޮނީލިވް އެޕް މެދުވެރިކޮށް ލަވަ ކިޔާފައި ފޮނުވަން ޖެހޭކަމަށް އަދިތިޔާގެ ޕްރޮމޯގައި ބުނެފައިވެއެވެ. ޝޯއަށް ހޮވޭ ބައިވެރިންނަށް ބާއްވާ ދެވަނަ ބުރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޮނީގެ އެޕް މެދުވެރިކޮށް އޮންލައިންކޮށެވެ.

https://www.youtube.com/watch?v=C142ujE48sk

މި ފަހަރު ޝޯގެ ޖަޖުންނަކީ ވިޝާލް ދަދްލާނީ، ނެހާ ކައްކަރުގެ އިތުރުން ހިމޭޝް ރޭޝަމިޔާ އެވެ.

ސޮނީ ޓީވީން ދައްކާ ‘ކޯން ބަނޭގާ ކްރޯޑް ޕަތީ12’ ގެ އޮޑިޝަންވެސް މީގެ ކުރިން ވަނީ އޮންލައިންކޮށް ބާއްވާފައެވެ. އަމީތާބު އެ ޝޯ ހުށައަޅަނީވެސް ގޭގައި ހުރެގެން އޮންލައިންކޮށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top