ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް ޖެހިގެން އަނެއްކާވެސް ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ބަލީގައި އިތުރު ދިވެއްސެއް ނިޔާވެ ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު 15 އަރައިފިއެވެ. އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ނިޔާވީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 12:25 ގައެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top