ރީތި ޑުއެޓްތަކެއް ގެނެސްދެމުން އަންނަ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އަޝްފާގެ މަޑުމައިތިރި ލޯބީގެ ލަވަ ”ގުނަމުން މިދާ“ މިހާރު ޔޫޓިއުބުން އަޑުއަހައިލެވޭނެ އެވެ. މިއީ ކަޕްލްއެއްގެ އެދުމަކަށް ހަދާފައިވާ ލައެއް ކަމަށް ކުޑަ އިއްބެ ބުނެއެވެ.
ކުޑަ އިއްބެގެ ހިތްގައިމު އަޑުން ކިޔާފައިވާއިރު، ލަވައިގެ މިއުޒިކް ހެދީ ވެސް ކުޑަ އިއްބެއެވެ. ލަވަ ކޮމްޕޯސްކުރީވެސް ކުޑަ އިއްބެ އެވެ. ލަވައިގެ ޅެން ލިޔުނީ ހުސައިނެވެ.
ދިވެހި އަމިއްލަ އުފެއްދުންތަކަށް ބޮޑު އިސްކަމެއް އަބަދުވެސް ދެމުން އަންނަ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ)އަށް 2018 ވަނަ އަހަރު ވަނީ ޕާފޯމިން އާޓްސްގެ ދާއިރާއިންނާއި ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި އަމިއްލަ ރާގު އުފެއްދުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.
މިއީ އިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯގެ އުފެއްދުމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




