ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތައް ހިމަނާފައިވާ އެޕްލިކޭޝަންގެ އައު އިސްދާރު ”ޒިކުރު“ގައި އޯޑިއޯ ހިމަނައި އިތުރު ފީޗާތަކެއް ހިމަނައިފިއެވެ. މި ފީޗާތައް ”ޒިކުރު“ އެޕް އަޕްޑޭޓްކޮށްލުމުން މިހާރު ލިބޭނެއެވެ.
އަލަށް ހިމަނާފައިވާ ފީޗާތަކުގެ ތެރޭގައި ތިން ތީމެއް ހިމެނެއެވެ. އެގޮތުން ’ރޭގަނޑު’، ’އަނދިރި‘ އަދި ’އަލި‘ ތީމް ހިމެނެއެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމަށް ހަނދާންކޮށްދޭ ނޮޓިފިކޭޝަން ފީޗާއެއްވެސް ހިމަނާފައިވެއެވެ. އެޕްގެ ލޭއައުޓަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.
ޒިކުރު އެޕްލިކޭޝަނުގައި ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި ނަމާދަށްފަހު ކިޔާ ޒިކުރުތަކުގެ އިތުރުން ’އެހެނިހެން‘ ދުޢާ ހިމެނޭ ބައެއްވެސް އިތުރުކޮށްފައިވެއެވެ.
ޒިކުރު އެޕްލިކޭޝަނަކީ ހެނދުނާއި ހަވީރުގެ ޒިކުރުތައް، އަދި ނަމާދުކޮށް ނިމުމަށްފަހު ކިޔާ ޒިކުރުތައް އޭގެ ދިވެހި މާނައާއި އެކު ސްމާރޓް މޯބައިލް ޑިވައިސް ތަކުން ކިޔާލަން ބޭނުންފުޅުވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ކިޔާލެވޭނޭ މަގުފަހިކޮށްދިނުމަށްޓަކައި ހަދާފައިވާ އެޕްލިކޭޝަނެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




