ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާއްސަ ދަރެހެއް!

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި “މިނިވަންކަމާއި އަޅުވެތިކަން” ނަމުގައި ޚާއްސަ ދަރެހެއް ބާއްވަން ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖުން ނިންމައިފިއެވެ.

ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖްއާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ބާއްވާ ދަރެސް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 08:30ގައެވެ. މި ދަރެސް ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖްގެ ފޭސްބުކުން ލައިވްކުރާނެއެވެ.

ދަރެސް ދެއްވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސަރޗް އެނަލިސްޓުން ކަމަށްވާ އަޙްމަދު އަލާ އާއި، މުހައްމަދު ނާޖިހުއެވެ.

މީގެ ކުރިން، މުނާސަބަތެއްގައި އަޙްމަދު އަލާ ދެއްވާފައިވާ މިފަދަ ދަރެހަކަށް މުޅި ޤައުމުގެކަޅި ހުއްޓި، އެ ދަރެސް ގިނަ ބަޔަކު ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top