ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލޯބިވެވިއްޖެ” ގެ ޓީޒާ ޕޯސްޓަރ ރިލީޒްކޮށްފި

ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން ގެނެސްދޭ ފިލްމު ”ލޯބިވެވިއްޖެ“ގެ ޓީޒާ ޕޯސްޓަރ ފޭސްބްކްް އަދި އިންސްޓަގްރާމުގައި ރިލީޒްކޮށްފި އެވެ.

ފިލްމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާލާާއިރު، ފިލްމުގެ އެޑިޓިން މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ. ކޮވިޑް-19ގެ ހާލަތުން އަރައިގަނެވުމުން ފިލްމުގެ މަންޒަރުތަކުން ޝޫޓްނުކޮށް އޮތް މަދު މަންޒަރުކޮޅު ނަގަން ފިލްމުގެ ކްރޫއިން ތިބީ ތައްޔާރަށެވެ.

ލޯބިވެވިއްޖެ“ގެ ލޯގޯ ޓީޒާ އެއް ވެސް މީގެ ތިން ހަފުތާކުރިން ވަނީ ރިލީޒްކޮށްފައެވެ.

https://www.facebook.com/LoabiVevijje/videos/273183780779971

ލޯބިވެވިއްޖެ”ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، ރިޝްފާ، ފުބޫ،އަހްމަދު އީސާ (އާނަންދު)، ނިމާލްގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top