ޗެންނާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސްޕީ ބާލަ ސުބްރަމާނިޔަމް (އެސްޕީބީ)ގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ބުނެފިއެވެ.
ބާލަ ސުބްރަމާނިޔަމްގެ ފިރިހެން ދަރިފުޅު އެސްޕީ ޗަރަން، އަންހެން ދަރިފުޅު އެސްޕީ ވަސަންތާ ބުނީ އެމީހުންގެ ބައްޕަގެ ހާލަތު މިދިޔަ ހުކުރު ދުވަހު ވަރަށް ބޮޑަށް ދަށަށް ދިޔަކަމަށާއި ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ޗަރަން ބުނީ ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުން ރަނގަޅު ފަރުވާ ލިބެމުން އަންނަ ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.
ލަވަކިޔުންތެރިޔާ ބާލަ ސުބްރަމާނިޔަމްގެ ހާލު ބަޔާންކޮށް މިމަހު 05 ވަނަ ދުވަހު ރިލީޒްކުރި ވީޑީއޯއެއްގައި ބުނީ އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އެ ވީޑިއޯގައި އޭނާ ބުނި ގޮތުގައި ހުން އައިސް މޭގައި ވަރަށް ގަދަޔަށް ރޯގާ ހިފައިގެން ޓެސްޓް ކުރުމުން އޭނާއަށް ކޮވިޑް-19 ޖެހިފައިވާ ކަން ޔަގީން ކުރެވުނު ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ ބާލަ ސުބްރަމާނިޔަމް އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓާގައި ބާއްވައިގެން ކަމަށެވެ.

އެސްޕީބީ ހޮސްޕިޓަލުގައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ވަނީ ވައިރަލްވެފައި
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!