ޑާކް ރެއިން އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް، ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ޑައިރެކްޓްކުރާ ފީޗާ ފިލްމު “ބީވީމާ”ގެ ކާސްޓުން މިހައިތަނަށް އައިއިރު އިޢުލާނުކޮށްފައި ނުވިޔަސް، ޑާކް ރެއިންގެ ފިލްމުތަކުން ފެންނަ ސަޅި މޫނުތަކެއް މި ފިލްމުން ވެސް ފެނިގެންދާނެކަން އެނގިއްޖެއެވެ.
ފިލްމު “ބީވީމާ”ގެ ލީޑް ކުޅެނީ ކޮން ބައެއްކަން ހާމަކޮށްފައި ނުވިޔަސް، ފިލްމުގެ ޝޫޓިން ފޮޓޯތަކުން އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން، މި ފިލްމުގައި ހަމަ ގައިމުވެސް ކޮޕީ އިއްސެ ކުޅޭނީ އާދައިގެ ރޯލެއް ނޫންކަން ޔަޤީންކުރެވެއެވެ. މީގެ އިތުރުން ޑާކް ރެއިންގެ ފިލްމުތަކުން އާންމުކޮށް ފެންނަ އެކްޓަރެއް ކަމަށްވާ އަލީ ޝަޒްލީމް ވެސް މި ފިލްމުގައި ހިމެނެ އެވެ.

ފިލްމު “ބީވީމާ”ގެ މަންޒަރެއް ނެގުމުގައި ކަނޑި، ޒަރީރު އަދި ކޮޕީ އިއްސެ – ފޮޓޯ: ޑާކް ރެއިން
ފިލްމު “ވީބޭވަފާ” އާއި “އަނދިރިކަން” އަދި “ލީނާ” ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އަޙްމަދު ޒަރީޒު ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމުގައި އަންހެން ލީޑް ކުޅެނީ ކާކުކަން ހާމަކޮށްފައި ނުވިޔަސް، ފިލްމުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ބައެއް އަންހެން ތަރިން މިހާރު ވަނީ ނުރަސްމީކޮށް ހާމަކޮށްފައެވެ. އެގޮތުން “ބީވީމާ”ގެ ފަރުދާގެ ފުރަގަހުގެ ބައެއް ފޮޓޯތަކުން ހާމަވާާގޮތުން ޢާއިޝަތު ޔާދާ، ސިލްނާ، އާޝާ، ޢާއިޝަތު ޢަލީގެ އިތުރުން ހުނޭޝާ އާދަމް ނަސީރުގެ ފަދަ ފާހަގަކޮށްލެވޭ ތަރިންތަކެއް ހަރަކާތްތެރިވެއެވެ.

ޔާދާ އަދި ޒަރީރު – ފޮޓޯ: ޑީއާރްއީ
ފިލްމު “ބީވީމާ”ގެ އަންހެން ލީޑުން ފެނިގެންދާާނީ ހަމަ ގައިމުވެސް ސަޕޯޓިން ރޯލުތަކުގައި ހަރަކާތްތެރިވާ ކުދިންކޮޅަށް ދޫނުކުރާނެވަރުގެ، ރީތި އަދި މަޝްހޫރުކަން ލިބިފައިވާ ތަރިއެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، މި ފިލްމުގެ އަންހެން ލީޑް ދީފައިވާ ފަރާތެއް ޑާކް ރެއިން އެންޓަޓެއިންމެންޓުން ހާމަކުރާނެ ވަގުތަކަށް ބަލަން ތިބެމޭ ހިނގާށެވެ.
ޒަރީރުގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ “ބީވީމާ” ކެމެރާކުރަނީ މުޙައްމަދު ވިސާން (ކަނޑި) އެވެ.
މިއީ މުޙައްމަދު ޢަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތަޢުފީޤް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!