ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޯފްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑަށް އެ ފިލްމެއްގެ ވާހަކަ ދެކެވޭ އެއް ފިލްމަކީ ސިލްވެސްޓާ ސްޓެލަންގެ ހޮލީވުޑް ފިލްމު ”ރާމްބޯ“ގެ ހިންދީ ފިލްމެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން މިހާރު އެ ފިލްމުގެ ޑައިރެކްޓަރު ވަނީ ބަދަލުވެފައެވެ. އެގޮތުން ކުރިން ސިދާތު އާނަންދު ޑައިރެކްޓް ކުރަން ހަމަޖައްސާފައިވާ މި ފިލްމު ޑައިރެކްޓްކުރަން މިހާރު ވަނީ ބޮލީވުޑް އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަންއާއި ހަވާލުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ. މިހާރު ރޯހިތު ވަނީ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެއެވެ. އަދި މި ފިލްމުގެ ޝޫޓިންގ ފަށާނީ ކާތިކް އާރްޔަންއާއެކު ރޯހިތު އުފައްދަން ނިންމާފައިވާ ”އާލާ ވައިކުންތަޕުއްރަމުލޫ“ގެ ހިންދީ ރީމޭކަށްފަހު އަންނަ އަހަރުގެ ފަހުކޮޅު ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އަދި މި ފިލްމު ގެނެސްދިނުމަށް ނިންމާފައިވަނީ ހޮލީވުޑް ފިލްމެކޭވެސް އެއްގޮތަށް ވަރުގަދަ އެކްޝަން މަންޒަރުތަކާއެކު ސިލްސިލާ ފިލްމުތަކެއްގެ ގޮތުގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ޓައިގާ އެންމެ ފަހުން ފެނިފައިވަނީ ޝްރައްދާ ކަޕޫރާއެކު ”ބާޣީ 3“ އިންނެވެ. އެންމެ އަވަހަށް ޓައިގާ ފެންނާނެކަމަށް ބެލެވެނީ އޭނާ ބޮލީވުޑަށް ތަޢާރަފުކުރި ފިލްމު ”ހީރޯޕަންތީ“ގެ ސީކުއެލްއިން ކްރިތީ ސަނަންއާ އެކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




