ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ ފުރަތަމަ ޑްރާމާ ސީރީޒް ”ހުވާކޮށްފާ ބުނަންް“ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލާފައިފިއެވެ. ‘ޔޫއްޕެ ޕްރޮޑަކްޝަންސް‘ގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މިއަދު ދޫކޮށްލާފައިވާ މި ޓީޒާއިން ސީރީޒް މުހިންމު ބައެއް މަންޒަރުތައް ފެނިގެންދާއިރު، އަސަރުގަދަ ކަންތައްތަކެއް ފެނިގެންދެއެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ ކެމެރާކުރުމާއި ޕޯސްޓްޕްރޮޑަކްޝަން އެކުލެވޭ ”ހުވާކޮށްފާ ބުނަންް“ އަކީ އަސަރުގަދަ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ، އަދި މުޖުތަމަޢުގައި ހުރި މުހިންމު މައްސަލަތަކަކަށް އަލިއަޅުވާލައި ގެނެސްދޭ ދިގު ސީރީޒެކެވެ. އެގޮތުން މީގައި ތިން ސީޒަން ހިމެނޭނެއެވެ. ކޮންމެ ސީޒަންއެއްގައި 26 އެޕިސޯޑް ހިމެނޭގޮތަށް ގެނެސްދޭ މި ސީީރީޒްގެ ފުރަތަމަ ސީޒަން އަންނަ މި މަހުގެ 15 ހިސާބުގައި އާންމުންނަށް ފެންނަވަރު ވާނެ ކަމަށް ޔޫއްޕެ ޕްރޮޑަކްޝަނުން ބުނެއެވެ.
”ހުވާކޮށްފާ ބުނަން”ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަޙްމަދު ސަޢީދު، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ޢީސާ (އާނަންދު)، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)ގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ)، މަރްޔަމް ޝިފާ، ޝިޔާ، މުސްތޮ ހަކީމް އަދި ’ތިން ބިބީ’ން ފެނިގެންދިޔަ ނަތާޝާ ހިމެނެއެވެ.
ހުޅުމާލޭގައި ޝޫޓްކުރަމުން އަންނަ ”ހުވާކޮށްފާ ބުނަން” ދައްކާނީ ކޮން ޕްލެޓްފޯމެއްގައި ކަން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.
”ހުވާކޮށްފާ ބުނަން”ގެ ޓީޒާ ދައްކާލާފައި މިވަނީ ‘ޔޫއްޕެ ޕްރޮޑަކްޝަންސް‘ގެ ޔޫޓިއުބް ޗެނަލް ނުރަސްމީކޮށް ލޯންޗްކުރުމާވެސް އެކީގައިކަން ފާހަގަކޮށްލެވެއެވެ.
https://www.youtube.com/channel/UC9BLKiiwuAYMorXHnMY7m2g
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!