ފިލްމު “ބަވަތި“ގެ ކާމިޔާބީއަށްފަހު ދެވަނަ ފީޗާ ފިލްމު “ނީނާ” އުފައްދާފައިވާ އުމުރުން ހަގު، އެހެނަސް ކާމިޔާބު ޕްރޮޑަކްޝަން ހައުސް ‘އައި ފިލްމްސް‘ އިން ކާސްޓިންގ ކޯލަކަށް އިޢުލާނުކޮށްފިއެވެ.
‘އައި ފިލްމްސް‘ އިން މިއަދު އާއްމުކުރި ޕޯސްޓެއްގައި ބުނީ މިއީ އެކްޓަރުންނަށް ވާން ބޭނުން ފަރާތްތަކަށް ރަނގަޅު ފުރުޞަތެއް ކަމަށާއި އުމުރުން 08 އަހަރާއި 60 އަހަރާއި ދެމެދުގެ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލެވިފައި ވާކަމަށެވެ.
ކާސްޓިން ކޯލްގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން ‘އައި ފިލްމްސްގެ ފޭސްބްކް ޕޭޖް‘ ނުވަތަ ‘އައި ފިލްމްސްގެ އިންސްޓަގްރާމް‘ އަށް ޑައިރެކްޓް މެސެޖެއް (ޑީއެމްއެއް) ކޮށްގެން ނުވަތަ ‘އައި ފިލްމްސް‘ގެ އީ-މެއިލް [email protected] އަށް މެއިލްކޮށްގެން ބައިވެރިވެވޭނެ ކަމަށްވެސް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެއެވެ.
މި ކާސްޓިން ކޯލާއި ބެހޭ އިތުރު ތަފުސީލު މުނިއަވަސް އަށް ދެމުން ‘އައި ފިލްމްސް‘ގެ ވެރިޔާ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނީ މިއީ އެ ޕްރޮޑަކްޝަނުން ކުރިއަށް އޮތް ތަނުގައި އުފައްދާ ޕްރޮޖެކްޓްތަކަށް ތަރިން ހޯދުމަށް ކޮށްފައިވާ އިޢުލާނެއް ކަމަށެވެ. އެގޮތުން އެތަނުން އުފައްދާ ސީރީޒްތަކާއި ފިލްމުތަކަށް ބޭނުންވާ ސްޓާރުން ހޯދުމަކީ މި ކާސްޓިން ކޯލް ނެރުމުގެ ބޭނުން ކަމަށް ވެސް އިއްލެ ބުންޏެވެ.
‘އައި ފިލްމްސް‘ގެ ދެވަނަ ފީޗާ ފިލްމު “ނީނާ” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު އެވެ. އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފީޗާ ފިލްމު “ބަވަތި” އާއި ދެވަނަ ފީޗާ ފިލްމު “ނީނާ“ގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި