ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާލީ ޕީލީގެ “ތޭހާސް ނޭހާސް” ބަލައިލަން ސަޅި!

ބޮލީވުޑްގެ މަޝްހޫރު ބަޠަލު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއި އަނަނިޔާ ޕާންޑޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމު “ކާލީ ޕީލީ”ގެ ‘ތޭހާސް ނޭހާސް’ މިއީ ބަލައިލަން ހިތްގައިމު ސަޅި ލަވައެކެވެ.

މި ލަވައިގައި ފެނިގެެންދަނީ އިޝާން އާއި އަނަނިޔާގެ ނެށުމުގެ ފަރި ހަރަކާތްތަކެކެވެ. ‘ތޭހާސް ނޭހާސް’ ކިޔާފައިވަނީ ޝޭކަރު އަދި ޕްރަކްރިތީ ކާކަރު އެވެ. ލަވަ ކޮމްޕޯސްކުރީ ވިޝާލް ޝޭކަރު އެވެ.

ލޯތްބާއި އެކްޝަން ހިމެނޭ މި ފިލްމު ރިލީޒްކުރާނީ ޑިޖިޓަލް ޕްލެޓްފޯމް ޒީ ޕްލެކްސްގައި މި އަހަރު އޮކްޓޫބަރު 02 ގައެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ މަޤްބޫލް ޚާން އެވެ. ޕްރޮޑިއުސަރުންނަކީ ހިމާންޝޫ ކިޝަން މެހެރާ އާއި ޢަލީ އައްބާސް ޒަފަރު އެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top