ކްރައިމް ތުރިލާ “ގަމިނި” ވެބް ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑް މިމަހު 25 ގައި ބައިސްކޯފުން ދައްކާނެ ކަމަށް އެތަނުން ބުނެފިއެވެ.

ޖުމްލަ 13 އެޕިސޯޑް ހިމެނޭ ވެބް ސީރީޒް ”ގަމިނި“ އިން 1980ގެ އަހަރުތައް ފެނިގެންދާނެއެވެ. ސީރީޒްގެ އައު ޓްރައިލާއެއް ވެސް ބައިސްކޯފުން އިއްޔެގެ ވަގުތެއްގައި ނެރެފައިވެއެވެ.

”އެހެން ބަޔަކު، އެހެން ތަނެއްގައި، އެހެން ޒަމާނެއްގައި ކުރާ ކަމެއްގެ ސަބަބުން، އޭގެ ނަތީޖާ މިހާ ހިސާބަށް އަންނައިރު، އެ ފޯރާފައި ހުންނަވަރު ދައްކައިދޭނީ،“ މި ވެބް ސީރީޒްގެ ކުރު ޚުލާސާއެއް ދެމުން ޑައިރެކްޓަރ މޫމިން ފުއާދު ބުނެފައިވެއެވެ.

“ގަމިނި”ގެ މުހިންމު ރޯލުތަކުން ފެންނާނީ މަޝްހޫރު ކޮމޭޑިއަން ޔޫސުފު ރަފީޢު (ޔޫސޭ)، އަޙްމަދު ސަޢީދު. އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހްމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހްމަދު ޝާކިރު، ނިޝާ (ނިޝްކޮ)، އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.