ޓިކްޓޮކް ބަލާ މީހުންނަށް ފުރާވަރުގެ މި ކުއްޖާއަކީ އައު ކުއްޖަކަށް ނުވާނެއެވެ. އޭނާގެ ދިގު ބޮޑުވައި އިނގިލީގެ ވާހަކަވެސް އަލެއް ނުވާނެއެވެ. މިއީ ޖޭކަބް ޕިނާގެ އަށް ލިބިފައިވާ އާދަޔާޚިލާފު ދިގު ބޮޑުވައި އިނގިލީގެ ވާހަކައެވެ. އެ އިނގިލީގެ ސަބަބުން އޭނާއަށް ލިބޭ ފައިދާ ތަކާއި ހާސިލުކުރެވިފައިވާ ކާމިޔާބީތައް މިވަނީ ހިއްސާކޮށްފައެވެ.
ޖޭކަބް ޕިނާއަކީ މީސްމިޑިއާ ތަރިއެކެވެ، އިންޓަނެޓާއި ޓިކޮޓޮކްގައި އޭނާގެ ވާހަކަތައް ވައިގައި ހިފާފައި ވަނީ އޭނާގެ ދިގު ބޮޑުވައި އިނގިލި ފާހަގަކުރެވުނު ހިސާބުންނެވެ.
މީސްމީޑިއާގެ ތަފާތު މަންސަތަކުގައި އޭނާ މަޝްހޫރުވެ ނަން ހިނގާ ޒުވާނަކަށްވިއެވެ. ވަނަމަކަށް، “ތަންބް ބޯއީ” (ބޮޑުވައި އިނގިލި ކުއްޖާ) އޭ ކިޔާ ގޮވަން ފެށުނެވެ. އޭނާގެ ފޮލޯވަރުންގެ އަދަދު 150،000 އަށް ވުރެން މައްޗަށް ވަނީ އަރާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ފޮލޯކުރާ މީހުން އެބަ ތިބިއެވެ.
ދިގުމިނުގައި 05 އިންޗި ހުންނަ ބޮޑުވައި އިނގިއްޔެއް ހުރުމަކީ އިންޓަނެޓްގައި ހުޅުހިފާނެ ކަމެއް ކަމަށް އޭނާ އަށް އުއްމީދެއް ނުކުރެއެވެ. ނަމަވެސް އޭނާގެ އިނގިލީގެ ބޮޑުމިނާއި އެކި އެއްޗެއްސާ އަޅައިކިޔައި ފޮޓޯތައް އާއްމުކުރަން ފެށިއެވެ. އެގޮތުން ޑޮލަރެއްގެ ދިގުމިން، ފޯނު، ފިނިބުއިން ހިމެނޭ ދަޅު ފަދަ ތަކެއްޗާއި އަޅައިކިޔައެވެ.
ނަމަވެސް ޖޭކަބް އަށް ލިބިފައިވާ ދިގު ބޮޑުވައި އިނގިއްޔަކީ އެކަމުން އޭނާއަށް އިތުރު ފައިދާތަކެއް ލިބޭ ކަމެއް ކަމަށް އޭނާ ދެކެއެވެ. ވަކިން ޚާއްޞަކޮށް މަޝްހޫރުކަން ލިބުމަށެވެ.
ޖޭކަބްގެ އިނގިލީގެ ދިގު ވާހަކަ މީހުން ދެއްކުން އެއީ އޭނާއަށް ގަނާކުރުން ކަމަކަށް ވެސް ނުދެކެވެ.
“މީހުންނަށް އަހަރެންގެ އިނގިލި ފެނުނީމަ އެމީހުން ހައިރާންވެ އަންތަރީސްވޭ، އަހަރެންގެ އިނގިއްޔާ އެމީހުންގެ އިނގިއްޔާ ޖައްސައި މިން އަޅާވެސް ހަދާ. އަހަންނަށް ލިބިފައިމިވާ ތަފާތުކަމާ މެދު އަހަރެން ފަޚުރުވެރިވަން.” ޖޭކަބް ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!