ދިވެހި ފިލްމީ މަސައްކަތުގެ މޫނުމަތި ބަދަލު ކޮށްލުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވާ ޑައިރެކްޓަރ މުއުމިން ފުއާދުގެ “ގަމިނި”ގެ ތިންވަނަ އެޕިސޯޑް ރޭގައި ވަނީ ނެރެފައެވެ. މި ސީރީޒް އާމެދު ބެލުންތެރިން ކުރަމުން އަންނަ ފޮނި އުއްމީދު ގެއްލިގެން ނުދާނެ ކަން، ރޭގެ އެޕިސޯޑުން ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން މި ސީރީޒް ބަލަން ނުފަށާ ތިބި، ދިވެހި ފިލްމީ މަސައްކަތަށް ލޯބިކުރާ ފަރާތްތަކުން މިއީ ހަމަ ކޮންމެހެންވެސް ބަލައިލަން ޖެހޭ ސީރީޒެއް ކަމަށް މުނިއަވަސް އިން ލަފާދެމެވެ.

ރޭގެ އެޕިސޯޑުން އަޙްމަދު އާސިމްގެ މޮޅު އެކްޓިން ފެނިފައިވާއިރު، ވީޑިއޯގްރަފީ އަދި އެޑިޓިންގެ މަސައްކަތް ކޮލިޓީވެފައި މޮޅުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ދިވެހި ފިލްމެއްގައި ފެނިފައި ނުވާ ފަދަ ތަފާތު އަދި މޮޅު މަސައްކަތެއް ފެނިގެންދާ މި އެޕިސޯޑުން، ސީރީޒް ތެރެއަށް ބެލުންތެރިން އިތުރަށް ގަންބާލާ ފަދަ ކަންތައްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

ބޮޑު ކާސްޓެއް ހިމެނޭ ”ގަމިނި“ ވެބް ސީރީޒްގައި ކުޅަދާނަ ފިލްމީ ތަރި އަދި ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ)، މަރިޔަމް ޝަކީލާ (ޝަކިއްތަ)، އަޙްމަދު އާސިމް އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ސައީދު، އަލަށް ތަޢާރަފުވާ ސޫޒަން އިބްރާހިމްފުޅު، ނިޝާ (ނިޝްކޮ)، އަލީ ފިޒާމް، އައިޝަތު ނަތާޝާ ޖަލީލް، މަރިޔަމް ޝިފާ، މުހައްމަދު އިމްރާން، އަމީން ޝަފީއު، އިސްމާއިލް ޒާހިރު، އަޖްނާޒް އަލީ، އިސްމާއީލް ވަހީދު އަދި ޖައުޒާ ޖައުފަރު ވެސް މުހިންމު ރޯލު ތަކުން ފެންނާނެ އެވެ.

“ގަމިނި”ގެ އައު އެޕިސޯޑް ދައްކާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ރޭގައެވެ. ބައިސްކޯފު އޮރިޖިނަލްސް “ގަމިނި” މިއީ 13 އެޕިސޯޑްގެ ވެބް ސީރީޒް އެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.