ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ ދެވަނަ އަލްބަމް ”ސަންތު“ 2020 ޖެނުއަރީ އެކެއްގައި ނެރޭނެކަމަށް އެ ސްޓޫޑިއޯއިން ބުނެފިއެވެ.

ދިވެހި ކްލެސިކް އަމިއްލަ ރާގުގެ ހިތްގައިމު ހަ ލަވަ ހިމެނޭ މި އަލްބަމްގެ މިއުޒިކާއި ލަވަތަކުގެ ޅެންތައް ހަދާފައިވަނީ ’ބަޒި ރިކޯޑްސް ސްޓޫޑިއޯ’ އިންނެވެ. ލަވަތައް ކިޔާފައިވަނީ މުޙައްމަދު އަޤީލް (ބޮކި)، އިސްމާޢީލް އަލީފްގެ އިތުރުން ހުސައިން މުބާރިކް (މާރިއޯ) އެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ’ ލީޑްކުރަމުން އަންނަ ޒުވާން މިއުޒީޝަން އަރުޝަދު ސަޢީދު (އަރޭ) މުނިއަވަސް އަށް ބުނީ “ސަންތު” އަލްބަމްގައި މުޅިންވެސް ހިމަނާފައިވަނީ އަމިއްލަ ރާގު ކަމަށެވެ.

“ސަންތު” އަލްބަމްގައި ހިމެނޭ ބައެއް ލަވަތައް މުނިއަވަސް އިން އަޑުއަހައިލަން ހިއްސާކޮށްފައިވާއިރު، އަޑުއަހައިލެވުނު ހުރިހައި ޅަވަތައްވެސް ވަރަށް ހިތްގައިމުކަން ފާހަގަކޮށްލެވެއެވެ.

“ސަންތު” އަލްބަމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ދިވެހި މިއުޒިކް ސްޓްރީމިން އެޕް ލަވަފޮށްޓަށެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ’ގެ ފުރަތަމަ ލަވަ އަލްބަމް ”އަނގުރު“ ނެރުނީ މިއަހަރު އޭޕްރީލް 30 ވަނަ ދުވަހުއެވެ. ދެވަނަ އަލްބަމް ނެރުމަށް ތައްޔާރުވެފައިވާއިރު، ތިންވަނަ އަލްބަމްގެ މަސައްކަތްތައްވެސް ފަށާފައިވާކަމަށް އަރޭ ބުނެެެއެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ’ ގެ ޒުވާން މެންބަރުންނަކީ ރިސޯޓް ވަޒީފައިގައި ބުރަކޮށް މަސައްކަތް ކުރަމުން، ލިބޭ ހުސްވަގުތުތަކުގައި މިއުޒިކު އުފައްދަމުން އަންނަ އާޓިސްޓުން ތަކެކެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ’ ގެ ރަސްމީ މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.