ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފި

އުމުރުން 15 ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ފިލްމީ ތަރި މުޙައްމަދު ޔުނާން އަދި އޭނާގެ އަންހެނުން ރިހުލާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު މިމަހުގެ 04 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔުނާން އާއި އޭނާގެ އަންހެނުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ދެމީހުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށެވެ. އެ ދެމަފިރިންގެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެސް އަޑުތައް ފެތުރިފައިވެއެވެ.

ޖިންސީ ގޯނާ އާއި ގެވެށިއަނިޔާއަށް ހޭޭލުންތެރި ކުރުވުމަށް ގެނެސްދިން ކާމިޔާބު ވެބް ސީރީޒް “އެހެނަސް” ގައި ޔުނާން އާއި އޭނާގެ އަންހެން ރިހޫ ވެސް ހަރަކާތްތެރިވިއެވެ. ފިލްމީ ދާއިރާއަށް ޔުނާން ތަޢާރަފުވީ ފާތިމަތު ނަހުލާގެ ފިލްމު “ބޮސް” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top