ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފްލައިޓެއްގެ ކެބިންގެ ސީލިންގް ވެއްޓި ފަސިންޖަރުން ބިރުން ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް

އީރާނުގެ އެއާޕޯޓަކަށް އިމަޖެންސީގައި ޖެއްސުމަށް ބޯއިންގް 737 މަރުކާގެ ބޯޓެއް ދަތުރުކުރަމުން ދިޔައިރު، ބޯޓަށް އައި ގަދަ ލޮޅުންތަކާއެކު ސީލިންގްގެ ބައިތައް ނެއްޓި ފަސިންޖަރުން ބިރުން ހަޅޭއްލަވާ މަންޒަރު ފެންނަ ބިރުވެރި ވީޑިއޯއެއް އާންމުވެއްޖެއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ބޯޓުގެ ސީލިންގްގެ ބައިތައް ނެއްޓި ފަސިންޖަރުން ހިނގާ މަގަށް ވެއްޓި، ބޯޓުގެ އެތެރޭގެ ބައިތައް ވަނީ ހާމަވެފައެވެ. ބޯޓަށް އަންނަމުންދިޔަ ގަދަ ލޮޅުންތަކާއެކު ފަސިންޖަރުން ގޮނޑިތަކުގައި ބާރަށް ހިފަހައްޓައިގެން ތިބިއިރު، ބައެއް މީހުން ރޮއި ހަޅޭއްލަވާ އަޑު އިވެއެވެ.

އީރާނުގެ ރަޒަވީ ޚުރާސާން ޕްރޮވިންސްގެ އެއާޕޯޓްތަކުގެ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރު ހަސަން ޖަފަރީއާ ހަވާލާދީ އީރާނުގެ ރަސްމީ ނޫސް އޭޖެންސީ “އިރްނާ” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސެޕެހްރާން އެއާލައިންސްގެ މި ފްލައިޓަކީ މަޝްހަދުން ކަރްމާންޝާހަށް ދަތުރުކުރި ފްލައިޓެކެވެ. ބޯޓު ނައްޓާލި ވަގުތު އޭގެ ފުރޮޅެއްގެ ބޭރު ފަށަލަ ނެއްޓިފައިވާ ކަމަށާއި، އޭގެ ފަހުން ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެގެން ޕައިލެޓް ވަނީ އަނބުރާ މަޝްހަދަށް ޖައްސާފައެވެ.

“ހުރިހާ ފަސިންޖަރުން ބޯޓުން ބޭލުނީ ރައްކާތެރިކަމާއެކު. އަދި އެހެން ބޯޓެއްގައި އެމީހުން ވަނީ ކަރްމާންޝާހަށް ފޮނުވާލެވިފައި،” ޖަފަރީ ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެއާޕޯޓުގެ ރަންވޭ ފަހުން ވަނީ ހުޅުވާލާފައެވެ.

އެނގިފައިވާ މައުލޫމާތު:

މި ފްލައިޓް ދަތުރު ފެށުމުގެ ކުރިންވެސް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ދެ ފަހަރެއްގެ މަތިން ލަސްވި ކަމަށް ޖަފަރީ މައުލޫމާތު ދެއްވިއެވެ. ބޯޓަށް ފުރޭވަރުވީ އެ ދުވަހުގެ ހަވީރު 5:39 ހާއިރުއެވެ.

މިވެސް ކިޔާލަން:  އޭ-ތްރީއެއިޓީގެ އަންހެން ޕައިލެޓް

އީރާނުގެ ފާސް ނިއުސް އޭޖެންސީން ރިޕޯޓްކުރި ގޮތުގައި، މި ދަތުރު ފުރިހަމަކުރުމަށްޓަކައި ހަތަރު ފަހަރެއްގެ މަތިން މަސައްކަތްކޮށް، ދެ ފަހަރަކު ބޯޓު ބަދަލުކުރަން ޖެހުނެވެ.

ފުރޮޅަށް ލިބުނު ގެއްލުމާއި، އިންޖީނަށް ދިމާވި މައްސަލައާއި، ބޯޓަށް އައި ގަދަ ލޮޅުންތަކާ ހުރި ގުޅުން އަދި ސާފެއް ނުވެއެވެ. އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން މިކަން ތަހުގީގު ކުރަންޖެހޭ ކަމަށާއި، ފުރަތަމަ ލިބުނު މައުލޫމާތަށް ބަލައި ފުރޮޅާއި އިންޖީނުގެ މައްސަލައާ ސީދާ ގުޅުމެއް އޮތްކަން އަދި ނިންމެން ނެތް ކަމަށް ފާސް ނިއުސް އިން ބުނެފައިވެއެވެ.

މީގެ ތިން ހަފުތާ ކުރިންވެސް ސެޕެހްރާން އެއާލައިންސްގެ ބޯއިންގް 737 މަރުކާގެ ބޯޓެއް އެ އެއާޕޯޓުގެ ރަންވޭއިން ކަސާލައިގެން ދިޔަ ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާއާ ގުޅޭ ރިޕޯޓުގައި ބުނެފައިވަނީ ބޯޓުގެ ލޭންޑިންގް ގިއަރަށް ދިމާވި މައްސަލައެއްގެ ސަބަބުން އާދަޔާ ހިލާފު ލޮޅުންތަކެއް އުފެދުނީ ކަމަށެވެ. ނަމަވެސް، މިދިޔަ ހަފުތާގެ ހާދިސާއާއި ކުރީގެ ހާދިސާއާ ގުޅުމެއް އޮތްކަމަށް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އީރާނުގެ އޭވިއޭޝަން ސިނާއަތް:

ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާނުގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން އައު ބޯޓުތަކާއި، ބޯޓު މަރާމާތުކުރަން ބޭނުންވާ ސާމާނު ހޯދުމުގައި ބޮޑެތި ހުރަސްތަކެއް ހުރުމުން، އެ ގައުމުން ބޭނުންކުރަނީ ވަރަށް ދުވަސްވީ ބޯޓުތަކެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ ސެޕެހްރާން އެއާލައިންސް ހިމެނޭހެން އީރާނުގެ 27 އެއާލައިނަކާ ދެކޮޅަށް އައު ފިޔަވަޅުތަކެއް އަޅާފައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުން އަމިއްލަ އެއާލައިންތައް ބޭނުންކޮށްގެން ހަތިޔާރާއި ސިފައިން އުފުލައި، ބޭރުގެ މެދުވެރިން މެދުވެރިކޮށް އެމެރިކާގެ އުފެއްދުންތަކާއި ޓެކްނޮލޮޖީ ހޯދަމުންދެއެވެ.

މިވެސް ކިޔާލަން:  އެއަރބަސް މަތިންދާބޯޓެއް އިމަޖެންސީގައި ޒުވާރި ދަނޑަކަށް ޖައްސައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top