ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫއްޕެގެ “ހުވާކޮށްފާ ބުނަން” – ޓްރެއިލާ ވަރަށް ޝަޢުޤުވެރި

ރިލީޒްކުރާނެ ތާރީޚަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޔޫއްޕެގެ ވެބް ސީރީޒް ”ހުވާކޮށްފާ ބުނަން“ގެ ވަރަށް ޝަޢުޤުވެރި ޓްރެއިލާއެއް މިއަދު ދައްކާލައިފިއެވެ. ‘ޔޫއްޕެ ޕްރޮޑަކްޝަންސް‘ގެ އަލަތު ޑްރާމާ ސީރީޒް ”ހުވާކޮށްފާ ބުނަން“ގެ ޓްރެއިލާ ރިލީޒްކުރީ ’ޔޫއްޕެ ޕްރޮޑަކްޝަންސް ޔޫޓިއުބް ޗެނަލް’ މެދުވެރިކޮށެވެ.

އެކްޓިންގެ އިތުރުން ސްކްރީން ރައިޓިންގ އާއި ޑައިރެކްޝަނުން އެވޯޑް ހޯދާފައިވާ ހުނަރުވެރި ބަޠަލު ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ”ހުވާކޮށްފާ ބުނަން“ގެ ޓްރެއިލާއިން ‘ޔޫއްޕެ ސްޓައިލްގެ ކޮމެޑީ’ މަންޒަރުތަކަކާއެކު ލޯބީގެ ކަންތައްތަކެއް ދައްކުވައިދެއެވެ. އެގޮތުން ޔޫއްޕެގެ ކާމިޔާބު އުފެއްދުންތައް ކަމަށްވާ “ބައިވެރިޔާ”، “ނޯޓީ ފޯޓީ” އަދި “ފޯޓީ ޕްލަސް”ގެ ފީލްއެއް ޓްރެއިލާއިން ފެނިގެން ދެއެވެ.

ތިން ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ 26 އެޕިސޯޑްގެ ލޯބީގެ ޑްރާމާ ސީރީޒްގެ މައިގަނޑު ތަރިންނަކީ އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ)، ޢަލީ ޔޫޝަޢުގެ އިތުރުން ”އެހެނަސް“ ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.

މި ސީރީޒް ކެމެރާކޮށް ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު
Kiyaameehaa5 އަހަރު ކުރިން

Ebain dhoa baiskoafu series ekey liyefa.. trailer iny YouTube gayey. Habaruga liyefa hunna gothah kiyaabala

Habaru liyan dhas kuramaa5 އަހަރު ކުރިން

Habaru kiyaa nimunu iru ves neyge koachakun kameh mi series fehnaanykee eh..

Home
Menu
Search
Back to top