ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ކުށް ފިލުވުމަށް ބޭނުން ކުރެވޭނެ ވަސީލަތެއް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު އުފައްދައިފިއެވެ. ”ބެހި“ގެ ނަމުގައި އުފައްދާފައިވާ މި ޓޫލް http://behi.alinashath.com/ އިން ބޭނުން ކުރެވޭނެއެވެ.
ނަޝާތު ވިދާޅުވި ގޮތުގައި ”ބެހި“ އުފެއްދެވުމުގެ މަސައްކަތް އޭނާ ފެއްޓެވީ، މީގެ 10 އަހަރު ކުރިން، 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ކިޔަވާ ވިދާޅުވި އިރުގައެވެ.
ލިޔެފައިވާ ލިޔުމެއް ރަނގަޅުތޯ ބެލުމަށް ހަދާފައިވާ ޓޫލަކީ މިވަގުތު ހިލޭ ބޭނުންކުރެވޭ ގޮތަށް އާއްމުކޮށްފައިވާ ޓޫލެކެވެ. 100 ބަސް ހިމެނޭ ލިޔުން މި ޓޫލުން ޗެކްކޮށްލެވޭނެއެވެ.

”މިހާރު ދެން ވޯޑް ލިމިޓެއް އިންނާނެ ފްރީކޮށް ދޫކޮށްފައި އިންނާތީވެ. އެކަމަކު އޭތި ޗޭންޖުކޮށްލަން މިމަސައްކަތް ކުރަން، ވަރަށް ބޮޑަށް އައި ކޮމެންޓެއް، ޓުވީޓެއް ކުރެވޭ ވަރަށް ވޯޑު ލިމިޓް އިތުރުކޮށްލައި ދޭށޭ. 140 ކެރެކްޓަރސްއަށް.“ ޕީއެސްއެމްއަށް ނަޝާތު ވިދާޅުވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




