ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އަމާޒުކޮށްގެން “ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް” ގެނަމުގައި އޮންލައިން ޕްރޮގްރާމެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގައިފިއެވެ.
މި ތަމްރީން ޕްރޮގްރާމް ހިންގާފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗު 2020 ސެޕްޓެންބަރު 16 ން 2020 ސެޕްޓެންބަރު 21 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމުލަ 59 ދަރިވަރުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރައްވާފައިވެއެވެ. އަދި ދެވަނަ ބެޗް، 2020 ސެޕްޓެންބަރު 23 ން 2020 ސެޕްޓެންބަރު 28 ކުރިއަށް ގެންދެވުނުއިރު މި ބެޗުގައި ޖުމުލަ 61 ދަރިވަރުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރައްވާފައިވެއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ އަލްފާޟިލް އަޙްމަދު ނަޒީފް، އަލްއުސްތާޛު މުޙައްމަދު ޔާމީން އިބްރާހީމް، އަލްފާޟިލް މުޙައްމަދު ޝަޙީބް، ޝައިޙް އަލީ ޒާހިރު ސައީދު ޤާސިމް، އަލްފާޟިލް އަބްދުއްލަތީފް އަޙްމަދު، އަލްފާޟިލް ނިއުޝާދު ޝަރީފް، އަލްފާޟިލް އަޝްރަފް ޢަލީ، އަލްފާޟިލް އައްބާސް އިބްރާހީމް އަދި މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންސްގެ ފަރާތުންވެސް ސެޝަންތަކެއް ވަނީނަގައި ދެއްވާފައެވެ.
“ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް“ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2020 އޮކްޓޫބަރު 14 ދުވަހުގެ ރޭ 20:30 ގައި ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފު ވެރިކޮށްދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްއެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނުގެ އިތުރުން މީޑިއާ ކައުންސިލުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މީގެ އިތުރުން މުދައްރިސުންގެ ފަރާތުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވާހަކަފުޅުދެއްކެވިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން އޮންލައިންކޮށް ހިންގެވި “ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް” އަކީ ވަރަށް މޭވަވެތި ޕްރޮގްރާމެއް ކަމަށް ކޯހުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!