މި ދާއިރާ (ޖާދޫހެދުމުގެ ދާއިރާ) އިން ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކޮބާ؟
އަހަރެންގެ އެންމެ ބޮޑު ހުވަފެނަކީ އެމެރިކާ، އިނގިރޭޭސިވިލާތް ނުވަތަ އިންޑިއާގަ ބާއްވާ ‘ގޮޓް އަ ޓެލެންޓް ޝޯ’ގަ ބައިވެރިވުން. އަހަރެންގެ ކެރިއަރަކަށް ޖާދޫހެދުން ވުމަކީ އަހަރެން ބޭނުންވާ ކަމެއް. މީހުންނަށް އަހަރެންމީ ޖާދޫގަރެއްކަން އެނގުމަށް ބޭނުންވޭ.

މިއީ އުމުރުން އެންމެ 25 އަހަރުގެ، ޒުވާން ޖާދޫގަރު، ޏ. ފުވައްމުލައް ރާފިޢު މުޙައްމަދު (މޯލްޑިވިއަން މެޖީޝަން ރާއްޕެ) އާއި ބައްދަލުކޮށް، މުނިއަވަސް އިން މިމަހު 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޚާއްޞަ ބަސްދީގަތުމުގައި ރާއްޕެއާއި ކުރެވުނު އެންމެ މުހިންމު އެއް ސުވާލަށް އޭނާ ދިން ޖަވާބެވެ. އޭގެ ދެ ދުވަސް ފަހުން ރާއްޕެއަށް މިއަދު މިވަނީ އޭނާ ދެކޭ ހުވަފެނުގެ ފުރަތަމަ ހަރުފަތަށް އެރުމަށް ފުރުޞަތު ލިބިފައެވެ.

އާނއެކެވެ. މަޤުބޫލް ރިއަލިޓީ ޝޯވ “އެމެރިކާސް ގޮޓް ޓެލެންޓް 16” ޝޯވގައި ބައިވެރިވުމަށް ރާއްޕެ ހުށައެޅި އެޕްލިކޭޝަން ބަލައިގަނެ މިއަދު އޭނާއަށް އެކަން ވަނީ އަންގާފައެވެ. މިއީ ހަމަަ ގައިމުވެސް ދިވެހި ޖާާދޫގަރެއް މި ފަންނުގައި އެރި އިތުރު ހަރުފަތަކަށް ވެގެންދާނެ ފުރުޞަތެކެވެ.

“މިއަހަރު ބާއްވާ “އެމެރިކާސް ގޮޓް ޓެލެންޓް 16” އަށް އަހަރެން ހުށައެޅި އެޕްލިކޭޝަން ބަލައިގެންފި. މި އަންނަ މަހު 14ގައި ބާއްވާ މި ޝޯވގެ ފުރަތަމަ އޮޑިޝަނަށް އަހަންނަށް ގޮވައިލާނެ. އޮޑިޝަނުން ހޮވިއްޖެ ނަމަ، އެމެރިކާގަ ލައިވްކޮށް ޕާފޯމުކުރަން އަހަރެން އެމެރިކާއަށް ދާނަން، އިންޝާﷲ” އުފަލުން ފޮޅިފައިހުރި ރާއްޕެ މުނިއަވަސް އަށް މިއަދު ބުންޏެވެ.

އޭޖީޓީ16 އިން ރާއްޕެއަށް ފޮނުވި ޖަވާބު

އޮޑިޝަނުން ހޮވިއްޖެ ނަމަ، ރާއްޕެގެ ހުވަފެނުގަައި ކުލަ ޖެއްސުމަށް އެމެރިކާއަށް ދިއުމަށް މާލީ އެހީތެރިކަން ބޭނުންވާނެ އެވެ. އެހެންކަމުން އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ މާާލީ އެހީތެރިކަން ލިބޭނެގޮތް ވުމަކީވެސް ރާއްޕެ އެދޭ ކަމެކެވެ.

އެމެރިކާސް ގޮޓް ޓެލެންޓް 2020” އަކީ 2006 ވަނަ އަހަރު އޮން-އެއަރކުރަން ފެށި ކާމިޔާބު ފްރެންޗަައިޒް ޝޯވ އެކެވެ.

މެޖީޝަން ރާއްޕެގެ ޖާދޫގައި ނުޖެހޭވަރެއް ނޫން!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.