ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޤައުމުގެ ދުލުން” – ޤައުމީ ލަވަ މުބާރާތެއް ބާއްވަނީ

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމް.އެމް.އޭ.ސީ)ން “ޤައުމުގެ ދުލުން” ނަމުގައި ޤައުމީ ލަވަ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނަކަމަށް ބުނެފިއެވެ.

އެމް.އެމް.އޭ.ސީން ބުނީ މިލަވަ މުބާރާތަކީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަރވަމަންޓާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.

“ޤައުމުގެ ދުލުން” ލަވަ މުބާރާތުގެ މަޤްޞަދަކީ ޤައުމީ ޝިއާރު ފާޅުކުރުމާއި، ޤައުމިއްޔަތުގެ އިޙްސާސްކޮށްދޭ ލަވަތަކެއް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުންކަމަށް އެމް.އެމް.އޭ.ސީން ބުނެއެވެ.

މި މުބާރާތުގައި ހިމެނެނީ 06 އުމުރު ފުރާއެވެ. އެ ފުރާތަކަކީ 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ފަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށާއި، 18 އަހަރާއި 35 އަހަރާއި ދެމެދެވެ

މި މުބާރާތުގައި އަތޮޅުތަކުގެ ބައިވެރިވުން ހިމެނުމަށްޓަކާ ރަށްރަށުންވެސް ބައިވެރިވުމުގެ ފުރުޞަތު އެމް.އެމް.އޭ.ސީން ވަނީ ހުޅުވާލާފައެވެ. އެގޮތުން ރަށްރަށުން ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ވަރޗުއަލްކޮށް ލަވަ ބައިވެރިކުރެވޭނެކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.

ރަށްރަށުން އޮޑިޝަނަށް ފޮނުވާ ކްލިޕްތަކުގެ ދިގުމިނުގައި އެއް މިނެޓާއި ތިރީސް ސިކުންތު ހުންނަންޖެހޭނެކަމަށާއި، މި ކްލިޕްތަކުގެ ބޭނުމަކީ ފެންވަރު ވަޒަންކުރުންކަމަށްވެސް އެމް.އެމް.އޭ.ސީ ބުނެފައިވެއެވެ. އަދި ކްލިޕްތައް ފޮނުވަން ބޭނުންވާ ފަރާތްތަކުން 7993892 ނަންބަރަށް ޓެލްގްރާމް ނުވަތަ ވަޓްސްއެޕްއިން ކްލިޕްތައް ފޮނުވޭނެކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.

އެމް.އެމް.އޭ.ސީން ބުނީ މި މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން 1،2،3 ވަނަ ހޮވުމުގެ އިތުރުން ޖޫނިއަރ ގްރޫޕުން އެންމެ މޮޅު 1،2،3 ވަނަ، ސީނިއަރ ގްރޫޕުން އެންމެ މޮޅު 1،2،3، މުޅި މުބާރާތުގެ 1،2،3 ވަނަ ކަމަށެވެ. އަދި މުޅި މުބާރާތުން ބެލުންތެރިންގެ ހޮވުމުން ހޮވޭ އެންމެ މޮޅު ތިން ފަރާތެއް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުން ހޮވުމާއި، ޅެންވެރިކަމުގެ ގޮތުންވެސް މުޅި މުބާރާތުން 1،2،3 ވަނަ ހޮވުމަށް ހަމަޖެހިފައިވާކަމަށް އެ ސެންޓަރުން ބުނެއެވެ.

ލަވަ ދަސްކޮށްދިނުމުގައާއި، ލަވައިގެ ވީޑިއޯ ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މަސަދަރު: ޕީއެސްއެމް ނިއުސް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ހުސްނާ5 އަހަރު ކުރިން

މުނިއަވަސް އަކީ ހަލާކު

މޯޑް5 އަހަރު ކުރިން

ސަޅި ކަމެއް. ހުނަރުވެރި ލަވަކިޔުންތެރިން ތަކެއް އުފެދި، ސަޅި ޤައުމީ ލަވަތަކެއް ފެނިގެންދާނެ ފައްކާ ކަމެއްތީ

Gunjan5 އަހަރު ކުރިން

Bodu bavaa ehge dhuvasvaru ves Lava Mubaaraaiyy dho baavvan vee

Home
Menu
Search
Back to top